ޑރ މުހައްމަދު މުއިއްޒު
ޑރ މުހައްމަދު މުއިއްޒު
ހަބަރު 27 Aug 2023 | 05:57

ޕީއެސްއެމާއި އެމްއެންޔޫގެ ފްލެޓްތައް އަނބުރައި ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވައިފި

މިއަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވެވަޑައިގެން ވެރިކަމަށް އާދެވިއްޖެނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިޔާ މަޝްރޫގެ ތެރޭގައި ހިމެނި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މުވައްޒަފުންނާއި ގައުމީ ޔުނިވާސިޓީގެ މުވައްޒަފުންނަށް ދޭން ނިންމާފައިވާ ފްލެޓްތައް އަނބުރާ ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއް ކަމުގައި ސިފަކުރައްވަމުން ރޭ ފުވައްމުލަކުގައި ބޭއްވި ޑރ މުއިއްޒުގެ ކެމްޕެއިން ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސް ޔާމީންގެ ހިޔާ ފްލެޓްގެ މަޝްރޫގައި ގިނަ ކުންފުނިތަކަކަށް ފްލެޓް ލިބޭގޮތަށް ހަމަޖެހިފައި އޮތް ކަމަަށާއި މަޝްރޫތަކުގެ ދަށުން ބައެެއް ކުންފުނިތަކުން ފްލެޓް ލިބޭނެ ފަރާތްތައް ވެސް އޮތީ ކަނޑައަޅައި ނިންމައިފައިކަމަށެވެ.

އެކަމަކު މި ސަރުކާރު އައިސް ހެދި ގޮތަކީ މީގެ ތެރެއިން ބައެއް ކުންފުނިތަކުގެ މަޝްރޫތައް ހެދި ނުހެދި ގޮތެއް ވެސް ނޭނގެ ވުޖޫދުން ގެއްލިއްޖެ

ޑރ މުހައްމަދު މުއިއްޒު

މީގެއިތުރުން މުއިއްޒު ވިދާޅުވީ ޕީއެސްއެމްގައި ސިޔާސީ ނުފޫޒު ފޯރައި، ވަޒީފާ އަދާ ކުރުމުގައި އިންތިހާ އަށް ދަތިވެފައިވާ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެކަން ނިމުމަކަށް ގެނެސް، ވަޒީފާގެ ކުރިއެރުން ދޭނެ އުސޫލެއް ގާއިމުކޮށް ދެއްވާނެކަމަށެވެ.

މުއިއްޒު ވިދާޅުވީ، ޕީއެސްއެމްގެ މުވައްޒަފުންނަށް ހާއްސަކުރެވިފައިވާ މަޝްރޫއު ހުޅުމާލޭގެ ހައުސިން މަޝްރޫގެ ތެރެއިން ވުޖޫދުން ފެންނާނެ ކަމަށާއި އެ އުފާވެރިކަން އެ މުވައްޒަފުންނަށް ހޯދައިދޭނެ ކަމަށެވެ.

ގައުމީ ޔުނިވާސިޓީގެ ވާހަކަ ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓު ވެސް އެ ތަނުން އޮތީ ނެރެފައި ކަމަށެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި މުއިއްޒު ވަނީ، ސިފައިންނާއި ފުލުހުންގެ ނުނިމި ހުރި ފްލެޓްތައް ނިންމަވާނެކަމަށް ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން ވެސް ސިފައިންނާއި ފުލުހުންނަށް އަމާޒުކޮށް ހައުސިން މަޝްރޫއު ހިންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.