މަޑަވެލިން މުއިއްޒުއަށް ހޫނު މަރުހަބާއެއް!
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މަޑަވެއްޔަށް ވަޑައިގަތުމުން އެރަށުން އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މަޑަވެލީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ނިކުމެ ޑރ މުއިއްޒު އަށް މަރުހަބާ ދެންނެވުމަށްޓަކައި ބަނދަރުގައި ސަފު ހަދައިފައި ވާއިރު އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ޖަލްސާއެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މަޑަވެލީގެ އިތުރުން ޑރ، މުއިއްޒު މިއަދު ވަނީ އެ އަތޮޅު ގައްދޫ، ނަޑެއްލާ އަދި ހޯޑެއްދޫއަށް ވަޑައިގެންފައެވެ.އޭގެ އިތުރަށް މިއަދު ހަވީރު ގދ. ތިނަދޫއަށް ވަޑައިގެން މިރޭ ތިނަދޫގައި ހުވަދު އަތޮޅު ދެކުނުބުރީގެ ބޮޑު ޖަލްސާވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޑރ. މުއިއްޒު މިއަދު ގދ. އަތޮޅަށް ވަޑައިގެންފައިވާރު އޭނާ އިއްޔެ ވަނީ ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައެވެ. އެ ސިޓީންވެސް މުއިއްޒަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް