ޑރ މުއިއްޒު ހޯޑެއްދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ޑރ މުއިއްޒު ހޯޑެއްދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު 27 Aug 2023 | 13:30

މި ފަސް އަހަރު ސިއްހީ ދާއިރާއަށް އިހުމާލުވެ، ތައުލީމީ ދާއިރާ އޮތީ 'އިގްނޯ'ކޮށްފަ: ޑރ މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ 5 އަހަރު ސިއްޙީ ދާއިރާއަށް އިހުމާލުވެ، ދައުލީމީ ދާއިރާއަށް އެއްވެސް ވަރަކަށް އަޅާނުލާ އޮތްކަމުގެ ޝަކުވާތައް ރައްޔިތުން ކުރަމުންދާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓޫ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ގދ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅުގެ ހޯޑެއްދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ނެވެ.

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން ވެސް އެންމެ ގިނައިން ރައްޔިތުން ކުރައްވާ ޝަކުވާ އަކީ ސިއްޙީ ޚިދުމަތް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ނުލިބޭ ކަމުގެ ޝަކުވާކަމަށެވެ.

ހޯޑެއްދޫއިން ވެސް އެ ޝަކުވާ ރައްޔިތުންގެ ފަރާތުން އައިސްފައިވާ ކަމަށާއި، ހޯޑެއްދޫ ސިއްހީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތް ދެވޭނެ ތަނަކަށް ހައްދަވާދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އޭގެ އިތުރުން އެރަށުގެ ލެބޯޓްރީގެ ޚިދުމަތްތައް ވެސް ފުޅާކުރާނެކަމަށް ވިދާޅުވި އެވެ.

ޑރ މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސިއްޙީ ސިޔާސަތުގެ ދަށުން ކޮންމެ ރަށެއްގައި ވެސް އާބާދީއާއި އެކަށޭނަ ސިއްޙީ ޚިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދީ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލުތައް އަޕްގްރޭޑް ކުރައްވާނެ ކަމަށެވެ. އަދި އެއީ ޚާއްސަ އިސްކަމެއް ދީގެން ކުރައްވާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން ޑރ މުއިއްޒު ވިދާޅުވީ ތައުލީމީ ދާއިރާއެކޭ އެއްގޮތަށް ތައުލީމީ ދާއިރާއަކީ ވެސް މި ފަސް އަހަރު ވަރަށް ބޮޑަށް އަޅާނުލާ ދޫކޮށްލާފައިވާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމަށެވެ.

ޑރ މުއިއްޒު ހޯޑެއްދޫ ޖަލްސާގައި ވާހަކަދައްކަވަނީ

"އަޅުގަނޑަށް ހީވަނީ ފަސް އަހަރު ތައުލީމީ ދާއިރާ އެއްކޮށް އިގްނޯކޮށްލާފައި އޮތީ ކަންނޭނގެ. ހަމަ ހުރިހާ ރަށަކުން ވެސް އެބަ އާދޭ ސުކޫލުގެ ޖާގަ ކުޑަވެގެން އުޅޭ ވާހަކަ. ގައުމު 5 އަހަރު ތެރޭގައި ކުރެވޭނެ ވަރުގެ ކަންތައްތައް އެ ހުންނަނީ"

ޑރ މުހައްމަދު މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ ހޯޑެއްދޫއިން ވެސް އެ ޝަކުވާ އައިސްފައި ވުމާއެކު، އެ ރަށު ސުކޫލުގައި ޖާގަ އިތުރުކުރެވޭނެ މިންވަރު ބެލުމަށްފަހު، އެ މައްސަލަ ޙައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ކްލާސް ރޫމު އިތުރުކޮށް މަލްޓިޕާޕަސް ހޯލެއް އަޅުއްވާދެއްވާނެކަމުގެ ޔަގީންކަން ވެސް ޑރ މުއިއްޒު ދެއްވި އެވެ.

ޑރ މުއިއްޒު ވިދާޅުވީ ރަށްތަކަށް ބޭނުން ޖެހިފައިވާ ކަންކަން ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގަންނަވަނީ ފަހަރެއްގައި ވެސް ރައްޔިތުން ހިތް ރުއްސާލަން ނޫން ކަމަށެވެ. ނޫނީ ހަމައެކަނި ވޯޓު ހޯއްދެވުމުގެ ބޭނުމުގައި އެކަނި ނޫން ކަމަށެވެ.

ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ ފަރާތުން ހުށައަޅަމުންދަނީ ވަރަށް އަސާސީ ކަންކަން ކޮށްދިނުމަށްކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ވެރިކަމުގެ 5 އަހަރު ދުވަސް ތެރޭ އެ ކަންކަން ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ. އަދި އެމަނިކުފާނަށް ފުރުސަތު ލިބިވަޑައިގެންފި ނަމަ ރައީސް ޔާމީނުގެ ތަރައްގީ އަނބުރާ އިޔާދަކޮށްދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.