މިއަދު ތަންކޮޅެއް ސިއްހަތަށް ފައިދާހުރި ބުއިމެއް ކިހިނެއް ވާނެ؟
މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ އެޕަލް އެންޑް ޑްރައިޑް ފުރުޓް ސްމޫތީ ތައްޔާރުކުރާނެ ގޮތެވެ. މިއީ ހަކުރު ނާޅާ ތައްޔާރު ކޮށްލުމުން މީރު ވާނެ، އަދި ބަނޑުހައި ނުވެ ގިނަ ވަގުތު ހުރުމަށް އެހީވެދޭނެ ބުއިމެކެވެ.
ބޭނުންވާ ތަކެތި
1 އާފަލު
2 ދޮންކެޔޮ
1/2 ޖޯޑު ކިރު
1/3 ޖޯޑު ހިކި މޭބިސްކަދުރު
4 ކަދުރު ( އޮއް ނަގާފައި)
1/3 ޖޯޑު ކެޝޫ ނަޓް
1/3 ޖޯޑު އަލްމަންޑް
އައިސް ކިޔުބް
ތައްޔާރުކުރާނެ ގޮތް
1) އާފަލުގެ ތޮށި މަށާލުމަށްފަހު ދޮންކެޔޮގެވެސް ތޮށި ނޮޅާލާފައި ދެ މޭވާ ކުދިކޮށް ކޮށާލާށެވެ.
2) ހިކި މޭބިސްކަދުރު ކޮޅު ކުޑަ ހޫނު ފެންފޮދެއްގެ ތެރޭގައި ފޯކޮށްލާށެވެ.
3) ދެން ކެޝޫ ނަޓާއި އަލްމަންޑް ވެސް ކިރު ފޮދުގެ ތެރޭގައި 30 މިނެޓް ވަންދެން ބަހަށްޓައި ފޯ ކޮށްލާށެވެ.
4) އެއަށްފަހު އެ ހުރިހާ ތަކެތި މިކްސަރަކަށް އަޅާލުމަށްފަހު ރަނގަޅަށް މުގުރާލާށެވެ.
5) ދެން އައިސް ކިޔުބް ކޮޅު ތަށްޓަކަށް އަޅާލުމަށްފަހު މުގުރާލި ސްމޫތީ އެ ތަށްޓަށް އަޅާލާށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް