ދީނާ
ދީނާ
ހަބަރު 27 Oct 2026 | 08:52

ފެނަކައިގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާ ޖަލަށް ލުމަށް ހުކުމްކޮށްފި

ފެނަކައިގެ ޕްރޮކިއުމަންޓް މަސައްކަތެއްގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވެފައިވާ އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ހެޑް ދީނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

ފެނަކައާއި ބްލޭޒަން އިންކް އާ ދެމެދު 2018 ވަނަ އަހަރު ވެވުނު 848,000 ރުފިޔާގެ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިކަން ކަށަވަރު ނުކޮށް، ފެނަކައިން އެ ކުންފުންޏަށް ފައިސާ ދައްކާފައިވާ މައްސަލާގައި، ދީނާއަށް އިއްވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ ސާބިތުވެފައިވާއިރު، ދީނާގެ ފަރާތުން ވަކީލުން އެދުނީ އޭނާގެ ސިއްހީ ހާލަތަށާއި އާއިލީ ހާލަތަށް ރިއާޔަތްކޮށް ޖަލު އަދަބުގެ ބަދަލުގައި ގޭބަންދާއި ޖޫރިމަނާގެ އަދަބެއް ދިނުމަށް އެދިފައެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ވިދާޅުވީ ދީނާއަކީ ޖަލު ބަންދުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއް ހުރި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

އަދި އޭނާ ކޮށްފައިވަނީ ޖިނާއީ ބޮޑު ކުށެއް ކަމަށާ، އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ، 1 އަހަރާއި 7 މަހާއި 11 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ގާޒީ ވަނީ ހުކުމް ކުރައްވާފައެވެ.

ހަމަ މި މައްސަލައިގައި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ވެސް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލާފައިވެއެވެ. ދެ މީހުންގެ މައްޗަށް ދައުވާ އުފުލީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ސައީދުގެ މައްޗަށް ކުށް ސާބިތުވެ، 28 ސެޕްޓެމްބަރު 2025 ގައި އޭނާއަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ދީނާގެ މައްސަލަ ކޯޓުގައި ދިގުލައިގެން ދިޔައިރު، އޭނާގެ މައްޗަށް ހުކުމް އިއްވާފައިމިވަނީ ސައީދަށް ހުކުމް ކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވޭ
27 Oct 2026 ހަބަރު

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ސަމާލުވޭ

މި ވަގުތު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 102 ގައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އެގޮތުން، އެންމެ ބޮޑަށް ވައި ނުސާފުކަމަށް ދައްކަނީ ރާއްޖޭގެ އުތުރުގެ ރަށްތަކަށެވެ. އެގޮތުން ހދ. ކުޅުދުއްފުށީގެ ވައިގެ ކޮލިޓީ 170 ގައި ހުރިއިރު، ށ. ފުނަދޫގައި މި އަދަދު ހުރީ 162 ގައެވެ.

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި
27 Oct 2026 ހަބަރު

އިސްލާމިކް ފައިނޭންސާއި ވަޤުފް ތަރައްޤީކުރުމަށް ރާއްޖެއާއި ޒެންޒިބާރާއި ދެމެދު މަޝްވަރާކޮށްފި

އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އިސްލާމިކް ފައިނޭންސާއި، ޒަކާތުގެ އިދާރީ ހިންގުން ވަރުގަދަކުރުމުގެ އިތުރުން ވަޤުފް ތަރައްޤީކުރުމުގެ ދާއިރާއިން ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދުގައެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ މަޖިލީހުގެ ރައީސާ އެއްވަރަށް 95،000 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި
27 Oct 2026 ހަބަރު

އުއްތަމަ ފަނޑިޔާރުގެ މުސާރަ މަޖިލީހުގެ ރައީސާ އެއްވަރަށް 95،000 ރުފިޔާއަށް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މުސާރަ ރައްޔިތުންގެ މަޖިލީހުގެ ރައީސާ އެއްވަރަށް ބޮޑުކުރުމަށް، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބަދަލާއެކު، އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ ޖުމުލަ މުސާރަ 95،125 ރުފިޔާއަށް އިތުރުވެގެންދާނެއެވެ.

ގަރާރަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހާ އިސްލާހް ފާސްކޮށްފި
27 Oct 2026 ހަބަރު

ގަރާރަށް ބަހުސް ކުރުމުގެ ކުރިން ވޯޓަށް އަހާ އިސްލާހް ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ގަރާރަށް ބަހުސް ކުރުުމުގެ ކުރިން އެ ގަރާރެއް މަޖިލީހަށް ބަލައިގަތުމަށް ވޯޓަށް އަހަންޖެހޭ ގޮތަށް މަޖިލީހުގެ ގަވައިދު ބަދަލު ކުރަން ހުށަހެޅި އިސްލާހް ފާސްކޮށްފިއެވެ.

ގާނޫނުލްއުގޫބާތުގެ އިސްލާހު މަޖިލީހުގެ އެޖެންޑާއިން ނަގައިފި
27 Oct 2026 ހަބަރު

ގާނޫނުލްއުގޫބާތުގެ އިސްލާހު މަޖިލީހުގެ އެޖެންޑާއިން ނަގައިފި

ގަތުލްއާންމާއި ދައުލަތަށް ޣައްދާރުވުމަކީ ކުށެއް ކަމަށް ބަޔާންކޮށް ގާނޫނުލްއުގޫބާތު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލް، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާއިން އުނިކޮށްފި އެވެ.

ޤަތުލް އާއްމަށްފަހު އިސްރާއީލްގައި ބާއްވާ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ފަށައިފި
27 Oct 2026 ހަބަރު

ޤަތުލް އާއްމަށްފަހު އިސްރާއީލްގައި ބާއްވާ ފުރަތަމަ އިންތިޚާބުގެ ވޯޓުލުން ފަށައިފި

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 7.3 މިލިއަން މީހުން ތިބިއިރު، ވޯޓުލާން ފަށާފައިވަނީ މިއަދު ހެނދުނު 7:00 )ޖީ.އެމް.ޓީ ގަޑިން 5:00( ގައެވެ. ގިނަ ވޯޓުލާ މަރުކަޒުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 10:00 )ޖީ.އެމް.ޓީ ގަޑިން 20:00( ގައެވެ.

ރަސްމާލެ މަޝްރޫޢާ ގުޅިގެން އިމްރާންގެ ފާޑުކިޔުންތަކަށް ވައްޑޭގެ ސުވާލުތަކެއް
27 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢާ ގުޅިގެން އިމްރާންގެ ފާޑުކިޔުންތަކަށް ވައްޑޭގެ ސުވާލުތަކެއް

ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށް ސަރުކާރުން ބުނެފައިވާ ރަސްމާލެ މަޝްރޫޢާ ގުޅިގެން ކުރީގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުالله އެކްސްގައި ވަރަށް ބޮޑަށް ފާޑުކިޔަމުން ގެންދަވާތީ، އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު )ވައްޑެ( އެކަމާ ގުޅިގެން އިމްރާނަށް ސުވާލުތަކެއް ކުރައްވައިފިއެވެ.

ބާބާ ގާޑިޔާގެ އޯނަރު، އަތީޤުއަށް ހާޓްއެޓޭކެއް ޖެހި ފަރުވާދެނީ
27 Oct 2026 ހަބަރު

ބާބާ ގާޑިޔާގެ އޯނަރު، އަތީޤުއަށް ހާޓްއެޓޭކެއް ޖެހި ފަރުވާދެނީ

މަޝްހޫރު ސްޓްރީޓް ފުޑް ޓްރަކް "ބާބާ ގާޑިޔާ" ގެ އޯނަރު، ހަސަން ޢަތީޤް )ބާބާ( އަށް ހާޓް އެޓޭކެއް ޖެހިގެން ފުވައްމުލައް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.