ނޮޅިވަރަމް އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބަލަނީ
ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އަހުމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ، ހދ.ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދު ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް ތަޚްޤީޤުކުރުމަށް މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީއިން ނިންމާފައިވާ ކަމުގައެވެ.
އެހެންކަމުން، 2022 ނޮވެންބަރު 23 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 84 ވަނަ ޖަލްސާގައި، މައްސަލަ ތަހުޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވި، މައްސަލަ ތަހުގީގުކޮށް، އިސްމެޖިސްޓްރޭޓް ޢަލީ އަޙްމަދުގެ މައްސަލަ ބެލުމަށް ހަމަޖެހިފައިވާކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް