މަރުވެފައި ތިބި ގިނަ އަދަދެއްގެ ވައްލަތަކެއް މާލޭގެ ދެކުނު ބަނދަރުން ފެނިއްޖެ!
މަރުވެފައި ތިބި ގިނަ އަދަދެއްގެ ވައްލަތަކެއް މާލޭގެ ދެކުނު ބަނދަރުން ފެނިއްޖެއެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން މިއަދު އެ ދޫނި ތަކުގެ ފޮޓޯއާއި އެކު ކުރި ޓުވީޓެއްގައި ބުނީ, ގާތްގަނޑަކަށް 15 ވަރަކަށް ވައްލަ މާލޭގެ ދެކުނު ބަނދަރު، މާފަންނު ސްޓޭޑިއަމް ހުންނަ ސަރަހައްދާ ދިމާއިން ފެނިފައިވާ ކަމަށެވެ.
އަދި ބެލެވޭ ގޮތުގައި އެ ދޫނިތަކަކީ، މީހަކު ނުވަތަ ބަޔަކު ހިފައިގެން ގެންގުނު ގޮތުން، މަރުވެފައިވާ ދޫނިތަކެއް ކަމަށާ، އެ މަރުވުމުން ބަނދަރަށް އުކާލީ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.
މީގެ އިތުރުން މި ދޫނި ތަކާއި ގުޅުން ހުރި އެއްްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ލަސްނުކޮށް އެ އެޖެންސީގެ ނަންބަރު 7980379 ނުވަތަ އީމެއިލް [email protected] މެއިލް ކުރުމަށް އެދިފައިވެއެވެ.
ވައްލަ އަކީ ދިވެހިރާއްޖޭގައި ހިމާޔަތް ކުރެވިފައިވާ ދޫނިތަކުގެ ތެރެއިން ދޫންޏެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް