ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޝަރުއީ ނިޒާމު ހިނގަމުންދަނީ މިނިވަން ކަމާއެކު ކަމަށާ ކޯޓްތަކާއި ފަނޑިޔާރުންނަށް ސަރުކާރުން ނުފޫޒު ނުފޯރުވާމެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިރޭ އޮތް ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަބްދުއްރަހީމް ވިދާޅުވީ އިންސާފު ގާއިމުކުރުމަކީ އަނިޔާވެރިވުމެއް ނޫން ކަމަށާ އަނިޔާވެރިވުމަކީ އަދުލްއިންސާފު ގާއިމުނުކުރުން ކަަމަށެވެ.
އަދި ދައުލަތުގެ އެންމެ އިސްވެރިޔާގެ ވާޖިބަކީ އަދި މަސްއޫލިއްޔަތަކީވެސް, ކޮނޑުގައި އުޅިފައިވާ އެންމެ މުހިންމު ޒިންމާއަކީވެސް އަދުލުއިންސާފު ގާއިމުކުރުން ކަމުގައި ވިދާޅުވި އެވެ.
ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވާ ކަމަށް ކުރީގެ ރައީސް ޔާމީން ކުރެއްވި ތުހުމަތަށް ރައްދު ދެއްވާ އަބްދުއްރަހީމް ވިދާޅުވީ މިއަދު އޮތް އެންމެ ބޮޑު ޔަގީން ކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް 100 ޕަސެންޓް އަދުލު އިންސާފު ލިބޭނެ ކަން ކަމަށެވެ. އަދި އެކަން ޔާމީނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް