ޓިކެޓްތައް ދިންއިރު ޑރ.މުއިއްޒުއާއި އާދަމް ޝަރީފް ކޮބާ؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް 18 ފަރާތަކަށް ޕީޕީއެމްގެ ފަރާތުން ޓިކެޓް ދިންއިރުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރާނެކަމަށްބުނެފައިވާ، ނިމިދިޔަ ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ޓިކެޓް ނުލިބޭކަމަށްބުނެ ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ޝުއޫރު ފާޅުކޮށްފިއެވެ.
މިރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 18 ފަރާތަކަށް ޓިކެޓް ދިންއިރު ކުރީގެ ސަރުކާރުގެ ހައުސިންގް މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު އަދި ޑިފެންސް މިނިސްޓަރ ޑރ.އާދަމް ޝަރީފް އުމަރަށް ޓިކެޓް ދީފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ދެފަރާތަކީވެސް އަންނަ އަހަރުގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެކަމަށް އިއުލާންކުރައްވާފައިވާ ދެފަރާތެވެ. މި ފަރާތްތަކަށް ފަހުން ޓިކެޓް އެރުވޭނެތޯ އަދި ޔަގީންވާގޮތް ވަނީ ނުވެފައެވެ.
މިރޭ ޕީޕީއެމްއިން ޓިކެޓް ދިން ފަރާތްތަކުގެ ތެރޭގައި ކުރީގެ ވަޒީރުންކަމުގައިވާ އަލްއުސްތާޛާ އާޒިމާ ޝުކޫރު، ޑރ.މުހައްމަދު ޝައިނީ އަދި އަހުމަދު ޒުހޫރުވެސް ހިމެނިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް