ލ. މުންޑޫގައި ވޯޓުލާން ފެށީ ނަޝީދުގެ މަންދޫބުން ނެތި: ހަސަން ލަތީފު
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު 9:00 ގައި ފަށާފައިވާއިރު، ލ. މުންޑޫގައި ވޯޓުލާން ފެށީ ރައީސް މުހައްމަދު ނަޝީދުގެ މަންދޫބެއް ނެތިކަމަށް މި އިންތިޚާބުގައި އެމަނިކުފާނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.
ހަސަން ލަތީފު މިފަދައިން ހާމަކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައެވެ.
ހަސަން ލަތީފުގެ އެ ޓްވީޓުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ޓެގު ކުރައްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު 9:00 ގައި ފަށާފައިވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވަނީ ވޯޓު ފޮށިތައް ބަހައްޓާފަ އެވެ. އަދި މިއަދުގެ 5:00 އާއި ހަމަޔަށް ވޯޓުލުން ކުރިއަށް ދާނެއެވެ.
މި އިންތިޚާބަކީ ޑިމޮކްރަސީގެ ރޫހާއި އެއްގޮތަށް ކުރިއަށް ގެންދާ، އަމާން އިންތިޚާބަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް