އިދިކޮޅު ކޯލިޝަނުން ޖަމްއިއްޔަތުއް ސަލަފާ ބައްދަލުކޮށްފި
އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ޖަމްއިއްޔަތުއް ސަލަފް އާއި ބައްދަލުކޮށްފިއެވެ.
ޖަމިއްޔަތުއް ސަލަފުން ބުނީ، އެ ޖަމިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ބައްދަލުވުމަކީ އިދިކޮޅު އިއްތިހާދުގެ އެދުމުގެ މަތިން އެ ޖަމްއިއްޔާއިން ބޭއްވި ބައްދަލުވުމެއްކަމަށެވެ.
އަދި މީގެ ކުރިން އެމްއެންޕީގެ އެދިލެއްވުމަކަށް ފެބްރުއަރީ 16 ވަނަ ދުވަހު އެބޭފުޅުންނާއެކުވެސް ބައްދަލުވުމެއް ބޭއްވިފައިިވާކަމަށް ސަލަފުން ބުނެފައިވެއެވެ.
އެހެން ނަމަވެސް އެ ދެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތަފުސީލު ހާމަކޮށްފައިނުވެއެވެ.
ޖަމްއިއްޔަތުއް ސަލަފަކީ ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި ޖަމްއިއްޔާއެވެ. ރާއްޖޭގެ އެންމެ ފުންނާބު އުސް އަދި އެންމެ ގިނަ ޢިލްމުވެރިން ހަރަކާތްތެރިވާ ޖަމިއްޔާ އަކީވެސް އެ ޖަމިއްޔާ އެވެ. އެހެންކަމުން، ވަރަށް ގިނަ ދިވެހިންގެ އިތުބާރު އެ ޖަމިއްޔާ އިން ވަނީ ހޯދާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް