ކްރިސްޕީ ޗިކަން ބާގަރ
ކްރިސްޕީ ޗިކަން ބާގަރ
ލައިފްސްޓައިލް 28 Mar 2023 | 05:51

ކްރިސްޕީ ޗިކަން ބާގަރ ތައްޔާރު ކޮށްލަން ބޭނުންތަ؟ މިއޮތީ ރެސިޕީ

އިއްޔެ ވޮއިސްގެ ބަދިގެއިން ވާނީ ބާގަރ ސޯސް ތައްޔާރު ކޮށްލާނެ ގޮތެ ގެނެސްދީފައެވެ. އެހެން ކަމުން މިއަދު މި ގެނެސްދެނީ ސޯސް ބޭނުން ކޮށްލައިގެން ވަރަށް މީރުކޮށް ކްރިސްޕީ ޗިކަން ބާގަރ ތައްޔާރު ކޮށްލާނެ ގޮތެވެ. މި ރެސިޕީން ތައްޔާރު ކޮށްލެވޭނީ 2 ބާގަރއެވެ.

މަސްގަނޑު ހަދަން ބޭނުންވާ ތަކެތި

170ގ ބޯންލެސް ޗިކަން މުގުރާފައި

2 ލޮނުމެދު (ގާނާފައި)

1/2 ސައިސަމުސާ އިނގުރު (ގާނާފައި)

¼ ސައިސަމުސާ ލޮނު (މަސްގަނޑަށް)

¼ ސައިސަމުސާ އަސޭމިރުސް

1/2 ސައި ސަމުސާ ތެޅި މިރުސް

1 ބިސް

1/2 ޖޯޑު ފުށް

1/2 ސައި ސަމުސާ ކޯން ފްލާރ

1/4 ސައި ސަމުސާ ރީނދޫ

1/3 ޖޯޑު ތެޔޮ

ތައްޔާރުކުރާނެ ގޮތް

1) ކުކުޅު، ލޮނުމެދު، އިނގުރު، އަސޭމިރުސް، 1/4 ސައި ސަމުސާ ތެޅި މިރުސް، ލޮނު އަދި ބިސް އެކުލަވާލާށެވެ.

2) އެއްކުރި ސާމާނު ދެބަޔަށް ބަހާލާފައި ކޮންމެ ބަޔަކަށްވެސް ބާގަރ ޕެޓީއެއްގެ ބައްޓަން ގެންނާށެވެ.

3) ދެން ފުށާއި، ކޯން ފްލާރ، 1/4 ސައި ސަމުސާ ތެޅި މިރުސް، އަދި ރީނދޫ ކޮޅަށް ކުޑަ ލޮނު ކޮޅެއްވެސް އަޅާލުމަށްފަހު ތައްޓެއްގައި އެކުލަވާލާށެވެ.

4) އެއަށްފަހު ބާގަރ މަސްގަނޑު ފަހަރަކު މަސްގަނޑެއް އެއަށްލަައި ރަނގަޅަށް ފުށް އުނގުޅާލާށެވެ.

5) ދެން ތެޔޮ ފޮދު ތަވާއަށް އެޅުމަށްފަހު ދެފުށަށް ޖަހަމުން ބާގަރ މަސްގަނޑު ފިހެލާށެވެ.

ބާގަރ ތައްޔާރުކުރަން ބޭނުންވާ ތަކެތި

8 މޭޒުމަތީ ސަމުސާ ބާގަރ ސޯސް

1 ބޮޑު ފިޔާ

1/2 ސައި ސަމުސާ ސޯޔާ ސޯސް

1/2 ސައި ސަމުސާ އޮއިސްޓާ ސޯސް

2 ބާގަރ ބަން

2 ފޮތި ސްލައިސް ޗީޒް

ލެޓިއުސް ފަތް

1 ޓޮމާޓޯ (ފޮތި ކޮށްފައި)

ތެޔޮ

ފްރައިޑް ޗިކަން ސޯސް

ތައްޔާރުކުރާނެ ގޮތް

1) ބާގަރ ބަން ދެ ފަޅިއަށް ފަޅާލުމަށްފަހު، ކުރިން މަސްގަނޑު ތައްޔާރު ކުރި ތަވާގައި ބާކީ ހުރި ތެޔޮ ފޮދުން ބާގަރ ބަންގެ އެތެރެ ފެހެލާށެވެ.

2) ދެން އެ ތަވައަށް އިތުރު ތެޔޮ ފޮދެއް އެޅުމަށްފަހު ފިޔާކޮޅު ފްރައި ކޮށްލާށެވެ. ފިޔާ މޯޅި ވުމުން އޮއިސްޓާ ސޯސް އަދި ސޯޔާ ސޯސް ވެސް އަޅާލައި އެކުލަވައިލުމަށްފަހު އުނދުން ނިއްވާލާށެވެ.

3) ފިހުނު ބާގަރ ބަނަހުގެ ތިރީ ފަޅީގައި 2 ސައި ސަމުސާ ބާގަރ ސޯސް އުނގުޅާލާށެވެ.

4) ދެން އޭގެ ލެޓިއުސް ފަތެއް ބޭއްްވުމަށްފަހު ފަތް މަތީގައި މަސް ގަނޑު ބާއްވާށެވެ.

5) އެއަށްފަހު މަސްގަނޑު މަތީގައި ޗީޒް ފޮއްޗެއް ބާއްވާފައި ޗީޒް ފޮތި މަތީގައި ފިޔާ ކޮޅެއް އަތުރާލާށެވެ.

6) ދެން ފިޔާމަތީގައި، ޓޮމާޓޯ ދެފޮތި ނުވަތަ ތިން ފޮތި ބޭއްވުމަށްފަހު އޭގެ މަތީގައި ދެ ސައި ސަމުސާ ބާގަރ ސޯސް އުނގުޅާލާށެވެ.

7) އެންމެ ފަހު ކަމަކަށް ބަންގެ މަތީފަޅީގައި ސޯސް ކޮޅެއް އުނގުޅާލުމަށްފަހު ބާގަރ ގެ މަތީގައި ބާއްވައި ޓޫތްޕިކެއް ބާގަރ ތެރެއަށް ހަރާލާށެވެ. މިހާރު އެހުރީ ބާގަރ ތައްޔާރު ވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ
23 Oct 2026 ލައިފްސްޓައިލް

މި ހުކުރު މެންދުރު ކެއުމަށް ޗިކަން ޓިއްކާ ސަޅިވާނެ، މިއޮތީ ރެސިޕީ

ޗިކަން ޓިއްކާއަކީ ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މީރު ކެއުމެކެވެ. ރޮށި، ނާން ނުވަތަ ބަތާއެކު ވެސް ކާލަން ނުހަނު މީރު މި ޑިޝްއަކީ ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ކަމުދާނެ ޑިޝްއެކެވެ. މިއަދު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ ގޭގައި ތިބެގެން ރެސްޓޯރެންޓްތަކުގެ ރަހަ ގެނެސްދޭނެ، ޗިކަން ޓިއްކާއެއްގެ ރެސިޕީއެވެ.

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...