ރައީސް ޔާމީން ޝަރީޢަތުގެ މަޖިލީހުގައި
ރައީސް ޔާމީން ޝަރީޢަތުގެ މަޖިލީހުގައި
ހަބަރު 28 Apr 2023 | 09:35

"ރައީސް ޔާމީންގެ ޝަރީޢަތް ލައިވް ނުކުރަނީ ސިއްރުން އެމަނިކުފާނަށް އަނިޔާދިނުމަށް"

‏ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތްތައް މީގެ ކުރިން ލައިވުކޮށް ކުރިޔަށް ގެންދިޔުމަށްފަހު، މިހާރު ކޯޓަށް ހާޟިރު ނުކޮށް އަދި ލައިވުނުކޮށް އޮންލައިންކޮށް ކުރިއަށް ގެންދަނީ އެމަނިކުފާނަށް ސިއްރުން އަނިޔާ ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުއްލަވައިފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދަޢުވާގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. މި ޝަރީޢަތުގެ އަޑުއެހުންތައް މީގެ ކުރިން ލައިވް ކޮށްގެން ގެންގޮސްފައިވާއިރު، މިހާރު ކުރިއަށް ގެންދަނީ ލައިވް ނުކޮށް އޮންލައިން ކޮށެވެ.

އެހެންކަމުން، ޝަރީޢަތް ލައިވް ކޮށްދިނުމަށް އެންމެ ފަހުން އޮތް އަޑުއެހުމުގައިވެސް ރައީސް ޔާމީންގެ ފަރާތުން ވަނީ އެދިލައްވާފައެވެ.

އެހެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ ނަދީމް ވިދާޅުވީ ހެކިބަސް ދިނުން ލައިވްކޮށްފިނަމަ ހެކިބަސް ތައްޔާރު ކުރުމާއި ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ވެސް އޮވެދާނެ ކަމަށެވެ. އަދި ހެކިބަސް ނެގުމުގެ މަރުހަލާއަށް ފަހު އަޑުއެހުންތައް ލައިވްކުރާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ޝިޔާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ނުފޫޒުން ކުރިމިނަލް ކޯޓުގައި ކުރިޔަށްދާ ރައީސް ޔާމީންގެ މައްސަލަ އަވަސް އަރުވާލާ ފުލުފުލުގައި ޝަރީއަތްތައް ބާއްވާ އެމަނިކުފާނުގެ ޤާނޫނީ އެތައް ޙައްޤެއް ނިގުޅައިގަނެފައިވާ ކަމަށެވެ.

އެގޮތުން، ފުއްގިރި މައްސަލައާއި ގުޅިގެން ހައިކޯޓުން ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ނިންމި ނިންމުން ތިން ނުކުތާއަކާއެކު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނިކޮށް، އިސްތިޢުނާފްކޮށްފައިވާ ދެ ނުކުތާއަކީވެސް ޝަރީޢަތަށް އަސަރުކުރާނެ ދެކަންތައް ނޫންކަމަށް ބުނެ ޝަރީއަތް މަޑުޖައްސާލަންޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ބުނުމާއި ގުޅިގެން ޝިޔާމް ވަނީ ނުރުހުން ފާޅުކުރައްވައިފިއެވެ.

އަދި ސުޕުރީމްކޯޓުގެ ފައިސަލާއެއް ނެތި ކުރިމިނަލް ކޯޓުގައި މައްސަލަ ކުރިޔަށް ގެންދިއުމަކީ ޖިނާއީ އިޖުރާތު ޤާނޫނު އަދި ހެއްކާ ބެހޭ ޤާނޫނުން ރައީސް ޔާމީނަށް ލިބިގެންވާ ޙައްޤުތަކެއް ނިގުޅައިގަތުން ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

"ޤާނޫން އަސާސީގެ 20 ވަނަ މާއްދާއިން ޤާނޫނުން ލިބިދޭ ރައްކާތެރިކަންް ހަމަހަމަ ކަމާއި އެކު ލިބުމަކީ ރައީސް ޔާމީނަށްވެސް ކަށަވަރުކޮށްދޭން ޖެހޭ ހައްޤެއްކަމާ އަދި ހަމަ ޤާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތްކުރުމުގެ ޙައްޤުންވެސް އެމަނިކުފާން މަޙުރޫމު ކުރުމަކީ އެމަނިކުފާނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަން ފާހަގަކުރަން." ޝިޔާމް ވިދާޅުވި އެވެ.

މިއާއެކު ޝިޔާމް ވިދާޅުވީ، މީގެ ކުރިން ލައިވުކޮށް ކުރިޔަށް ގެންދިޔަ ޝަރީއަތްތައް މިހާރު ގެންދަނީ ކޯޓަށް ހާޟިރު ނުކޮށް ލައިވުނުކޮށް އޮންލައިންކޮށް ކަމަށާ، އެފަދައިން ކަންކުރުމުގެ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ސިއްރުން ރައީސް ޔާމީނަށް އަނިޔާ ދިނުމަށް ކުރާ ކަމެއް ކަމަށްްވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން ލައިވުކޮށް ކުރިޔަށް ގެންދިޔަ ޝަރީއަތްތައް މިހާރު ގެންދަނީ ކޯޓަށް ހާޟިރު ނުކޮށް ލައިވުނުކޮށް އޮންލައިންކޮށް ގެންދަންޖެހޭ އެއްވެސް ސަބަބެއް ނުވިސްނޭ ރައްޔިތުންނަށް ސިއްރުން ދަޢުލަތުން ރައީސް ޔާމީނަށް އަނިޔާދިނުން ފިޔަވާ."

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

ޝިޔާމް އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ ތަޙުޤީގުތަކާ ޝަރީޢަތްތަކަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއްނޫން ކަމަށާ، އެމަނިކުފާނަށް ނިޒާމުން އަނިޔާދީ އަނިޔާވެރިވުމަކީ ދިވެހި އެއްވެސް ރައްޔިތަކު މަޢާފުކުރާނެ ކަމެއްނޫން ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި
13 Oct 2026 ހަބަރު

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުން ނުވަ ގޮޅިއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( އިން ފުރުޞަތު ހުޅުވާލައިފިއެވެ.

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.