ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ ޒުވާނުންނަށް ފަރުވާދެނީ
ޏ. ފުވައްމުލަކުގައި ދެ ސައިކަލް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުވައްމުލަކުގައި ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރޭ ގާތްގަނޑަކަށް 23:25 ކަންހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މިއެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނަކާއި 19 އަހަރުގެ ޒުވާނަކަށް ކަމަށާ، އެ ދެމީހުންނަށްވެސް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރުން މީޑިއާ އޮފިޝަލް ވިދާޅުވީ، ދެމީހުންނަކީވެސް ސައިކަލް ދުއްވުމުގެ ލައިސަންސް އޮންނަ ދެމީހުން ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް