ޕްލޭނިންގ މިނިސްޓަރ އަސްލަމް
ޕްލޭނިންގ މިނިސްޓަރ އަސްލަމް
ހަބަރު 28 May 2023 | 05:51

ރާއްޖޭގެ 21 ވަނަ އެއަރޕޯޓަކަށް ވާނީ މަގޫދޫ އެއަރޕޯޓު: އަސްލަމް


ރާއްޖޭގެ 21 ވަނަ އެއަރޕޯޓަކަށް ވާނީ މަގޫދޫ އެއަރޕޯޓް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ ފ.މަގޫދޫގެ ފެނަކަ އޮފީހާއި، އެ ރަށުގެ ފެނާ ނަރުދަމާގެ ހިދުމަތް ރަސްމީކޮށް އިފްތިހާހު ކުރުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް  ވިދާޅުވީ ރާއްޖޭގައި 19 އެއާޕޯޓެއް އަޅާފައިވާއިރު، އޭގެ ތެރެއިން ދެ އެ އާޕޯޓު އެޅީ މި ސަރުކާރުން ކަމަށެވެ. އަދި މިހާރުވެސް މި ސަރުކާރުން 5 އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުފަތުރު ކުރުން ފަސޭހަ ކުރުމަށް ހިންގާ މަޝްރޫއުތައް ނިމުމުން، އެއް ރަށުން އަނެއް ރަށަށް ނުދެވޭނެ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ ރައީސް ޞާލިޙްވެސް އަދި އެބޭފުޅާވެސް އެއްވެސް މަޝްރޫޢެއްގަ ބިންގާ އަޅާ ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައި ނުގަންނަވާ ކަމަށެވެ. އަދި ބައިވެރިވެ ވަޑައިގަންނަވަނީ މަޝްރޫޢު ނިމި ރައްޔިތުންނަށް ޚިދްމަތް ދެވެން ފެށުމުން އެކަމުގެ އުފާ ފާޅުކުރާ ޖަލްސާގައި ކަމަށެވެ.

"އަޅުގަނޑު މެންނަކީ ވަޢުދު ވާ ބައެއް، ހުވަފެން ދައްކާ ބައެއް ނޫން، ވަޢުދު ވެފަ ވަޢުދު ފުއްދާފަ އެކަމުގެ އުފާ ފާޅު ކުރަން އަޅުގަނޑުމެން އަންނަނީ" އަސްލަމް ވިދާޅުވިއެވެ.

ރޭގެ ހަފްލާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމްވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި
14 Oct 2026 ހަބަރު

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި

ސައިކަލުގެ ސްޕީޑް ގަޑިއަކު 100 ކިލޯމީޓަރަށްވުރެ މަތީގައި ބަހައްޓައިގެން ނުރައްކާތެރިކޮށް ދުއްވައި، ޓިކްޓޮކް ވީޑިއޯއެއް ހެދި މައްސަލައިގައި ހިމެނޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯވް ކޮށްފިއެވެ.

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ
14 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިލިމާލެއާއި ގުޅިފަޅާ ދެމެދުގައި ނުގުޅި އޮތީ އެންމެ ސެގްމަންޓެއް ކަމަށެވެ. ބުރިޖުގެ ތަނބުތައް ގުޅާލާ ކޮންމެ ސެގްމަންޓަކީ ގުޅިފަޅުގެ ސައިޓުގައި ޕްރީ ފެބްރިކޭޓްކޮށް ގެނެސް ހަރުކުރާ ބައިތަކެކެވެ. މި ބުރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 750 މީޓަރެވެ.

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ގިނަވެގެން އަހަރެއް ތެރޭގައި މަގޫދޫގެ އެއާޕޯޓު ނިންމާނަން: ރައީސް
21 Sep 2025 ހަބަރު

ގިނަވެގެން އަހަރެއް ތެރޭގައި މަގޫދޫގެ އެއާޕޯޓު ނިންމާނަން: ރައީސް

ފ. މަގޫދޫގެ އެއާޕޯޓުގެ މަސައްކަތް ގިނަވެގެން އަހަރެއްގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިހާރު ފ. އަތޮޅަށްކުރައްވަމުން ގެންދާވާ ދަތުރުފުޅުގެ ތެރެއިން ރައްޔި...