ގާދިއްފުށީ ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ގާދިއްފުށީ ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅު ދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު 28 Aug 2023 | 07:07

2028 ވަނަ އަހަރު މަޖިލީހަށް ހުށައަޅާނީ އަރަނި ބަޖެޓެއް: ރައީސް ޞާލިޙް

ދެވަނަ ދައުރެއް ނިންމަވައި 2028 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނީ އަރަނި ބަޖެޓެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތ.އަތޮޅަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތ.ގާދިއްފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ރައީސް ޞާލިޙްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޤްތިޞާދީ ބޮޑު ބަދަލު ގެނައުމުގެ މަސައްކަތްތައް އެބަ ކުރިއަށް ދާކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ދިމާއަކަށް ބަލާލިޔަސް އިޤްތިޞާދު ޑަބަލް ކުރުމަށްޓަކައި ކުރަންޖެހޭ ޢުމްރާނީ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ތެރޭގައި އެއަރޕޯޓުތައް އެޅުމާއި ބަނދަރުތައް ހެދުމާއި އާރްޓީއެލްގެ ޚިދްމަތުން ރާއްޖެ ގުޅާލުންފަދަ ކޮންމެ ކަމަކީ އެއިން ކޮންމެ ކަމަކާއި ގުޅިގެން ވަޒީފާ  އިތުރުވެ، ރައްޔިތުންނަށް އާމްދަނީ ލިބުން އިތުރުވާނެ ގޮތްގޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއާއި ގުޅިގެން ދައުލަތަށް ވަންނަ ފައިސާވެސް އިތުރުވެގެން ދާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ކޯލިޝަނުން ވަމުންދާ ވަޢުދުތަކަކީ އެކަންކަމުގެ މައްޗަށް ބިނާ ކޮށްގެން ވާ ވަޢުދުތަކެއް ކަމަށް  އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރުވެސް ދައުލަތުގެ އާމްދަނީ އިތުރުވެގެންދާތަން ވަރަށް ސާފުކޮށް އެބަ ފެންނަކަމަށް ރައީސް އިބްރާހިމް މުޙައްމްދު ޞާލިޙް ވިދާޅުވިއެވެ.

"2018 އިން ފެށިގެން 2028 އާއި ހަމައަށް އިޤްތިޞާދު ދެގުނަކުރެވި ރާއްޖޭގެ އިޤްތިޞާދުގެ ސައިޒަކީ 170 ބިލިއަނަށްވުރެ މައްޗަށް އިރާދަކުރެއްވިއްޔާ ގެންދެވޭނެ، އަޅުގަނޑުމެން މިދެންނެވި ގޮތައް އިޤްތިޞާދު ފުޅާ ކުރެވި ހަރަކާތްތައް ހިނގަން ފެށުމުން ދައުލަތަށް ވަންނަ ފައިސާވެސް އިރާދަކުރެއްވިއްޔާ އެދަނީ އިތުރުވަމުން އަހަރަކަށްވުރެ އަހަރެއް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތުން 2028 ވަނަ އަހަރު އަންނައިރުގައި 45 ބިލިއަން ރުފިޔާ ހުރަސްކޮށް 50 ބިލިއަނަށް އަމާޒު ހިފާނެ ކަމަށެވެ. އަދި ނަތީޖާއަކަށް ވާނީ ކުރަންބޭނުންމިވާ ކަންކަމަށް ދައުލަތުގައި ފައިސާ ހުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ 2028ވަނަ އަހަރު އަޅުގަނޑުމެން މަޖިލީހަށް ހުށައަޅާ ބަޖެޓަކީ ބެލެންސް ނުވަތަ އަރަނި ބަޖެޓަކަށް އިރަދަކުރެއްވިއްޔާ ވެގެންދާނެ"

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ އަމާޒަކީ އެއީކަމަށާއި އެކަން ކުރުމަށްޓަކައި އެސިޔާސަތުތައް ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދަން އެބަޖެހޭ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެކަން ކުރެވޭނީ ރިޔާސީ އިންތިޚާބުގައި މިސަރުކާރު ދަމަހައްޓައިގެން ކަމަށެވެ.

ތ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު ވޭމަންޑުއަށް ވެސް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. އެރަށުގައި އެމްޑީޕީގެ ޖަގަހަ ހުޅުވައިދެއްވައިފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި
15 Oct 2026 ހަބަރު

އާ ހޮސްޕިޓަލް އަޅާތީ، ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް އަމާން ހިޔާއަށް ބަދަލުކޮށްފި

ކުއްލި ފަރުވާގެ ޚިދުމަތާއި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު މިހާރު އެ އިމާރާތުގައި ހަމަޖެހިފައި

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި
15 Oct 2026 ހަބަރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް އައި ކުރިއެރުން އައިއެމްއެފުން ފާހަގަކޮށްފި

އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި، އެ އިދާރާގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މުޙައްމަދު މާއިތު، ރާއްޖޭގެ މާލީ ވަޒީރު ހަސަން ޒަރީރާ ބައްދަލުކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައިވާކަމަށެވެ. އަދި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކަށް ތައުރީފްކޮށް އެންމެފަހުން މޫޑީސްއިން ރާއްޖޭގެ ރޭޓިންނަށް އައި ހެޔޮބަދަލު ފާހަގަކުރެއްވިކަމަށް މާލީ ވުޒާރާއިން ބުންޏެވެ.

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި
15 Oct 2026 ހަބަރު

ކައުންސިލުގެ 14 ބިމެއް ސަރުކާރަށް ނަގައިފި

ވުޒާރާއިން ބުނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން މި ބިންތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ބެލުމުގެ ދަށަށް ގެނައުމަށް ނިންމީ، ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް ހިންގުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކަމާއެކު ފޯރުކޮށްދީ ބެލެހެއްޓުމުގެ މަޤްޞަދުގައި ކަމަށެވެ.

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި
15 Oct 2026 ހަބަރު

ކަނޑުވި މީހުން ސަލާމަތްކުރި ތިން ފުލުހަކަށް ރަން މެޑަލް އަރުވައިފި

ކ. ގާފަރު ކައިރިން ބަންޑުންޖެހި ކޮޅުވެއްޓިން ކަނޑުވި އަށް މީހެއްގެ ފުރާނަ ސަލާމަތްކުރި ތިން ފުލުހަކަށް ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް ކޮމިޝަނަރ އޮފް ޕޮލިސް އަރުވައިފިއެވެ.

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި
15 Oct 2026 ހަބަރު

އިންޑިއާގެ މަސްބޯޓުތަކާއި މަސްވެރިން މިނިވަންކުރުމުގެ މަސައްކަތް ފަށައިފި

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައި އެޤައުމުގެ ތިން މަސް ބޯޓާއި 26 މަސްވެރިން މިނިވަންކުރުމަށްޓަކައި ދިވެހި ސަރުކާރާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން އެމީހުން ދޫކޮށްލުމަށް ކުރަންޖެހޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ، އެ ގައުމުގެ ހާރިޖީ ވަޒީރު، ޖައިޝަންކަރުގެ ކިބައިން އެދިވަޑައިގެންފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި
15 Oct 2026 ހަބަރު

މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައި އޮތް އެލްޖީއޭގެ ބޯޑް އިންތިހާބު މި މަހުގެ 31 ގައި

ވޯޓް ނެގުން އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި
15 Oct 2026 ހަބަރު

ބަރު އުޅަނދާއި މުދާ އުފުލާ އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިފި

ހެނދުނު 11:30 އިން މެންދުރު 1:30 އަށް، ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެން މަގުތަކުގައާއި ބުރިޖު އަދި ހައިވޭގައި މިފަދަ އުޅަނދުތައް ދުއްވުން ވަނީ މަނާކޮށްފަ އެވެ.

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް
15 Oct 2026 ހަބަރު

ފެނަކަ ހިންގުން ވަގުތީގޮތުން ސްޓެލްކޯގެ އެމްޑީ ޑރ. އަލީ އަޒުވަރަށް

އަޒުވަރު މި މަގާމަށް އައްޔަންކޮށްފައިވަނީ، އިއްޔެ ފެނަކައިގެ އެމްޑީގެ މަގާމުން ވަކިކުރި މުހައްމަދު އަފީފް ހުސައިން ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރުމަށްފަހުގައެވެ.