ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާރްޓީއެލް ފެރީގައި ދަތުރުކުރައްވަނީ
ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އަދި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާރްޓީއެލް ފެރީގައި ދަތުރުކުރައްވަނީ
ވިޔަފާރި 28 Sep 2022 | 04:34

އާރުޓީއެލް ފެރީ މަޝްރޫއާއެކު ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ: އާޒިމް

ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ހިދުމަތުން ތަރައްގީ އާއި ވަޒީފާގެ ތަނަވަސްކަން އުފެދިގެންދާނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާރުޓީއެލް ފެރީ ބޮޑުތިލަދުންމަތީގައި ރަސްމީކޮށް އިފުތިތާހުކުރުމަށް ހއ. ދިއްދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، އެ މަޝްރޫއު އެއްކޮށް ނިމިގެންދާއިރު ގިނަ އަދަދެއްގެ ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ. އަދި ހަމައެހެންމެ އެ ފަރާތްތަކަށް ރަނގަޅު އާމްދަނީއެއްވެސް ލިބިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، މުޅި ރާއްޖެއަށް މި ހިދުމަތް ތައާރަފުވެގެންދާއިރު ފަޅުވެރިންނާއި ސަޕޯޓް ސްޓާފުންގެ ގޮތުގައި 800 އެއްހާ މުވައްޒަފުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށާއި، އެއީ މުސާރައަށް ބަލައިލާނަމަ ގާތްގަނޑަކަށް 10،000 އާއި 18،000 އާ ދެމެދުގެ މުސާރައެއް ގެންދާނެ ބައެއް ކަމަށެވެ.

އާރުޓީއެލް ފެރީގެ ހިދުމަތް މުޅި ރާއްޖެއަށް ދެވޭއިރު ފްލީޓުގައި 82 ފެރީ އާއި ކޮންމެ ރަށެއްގައި ޓާމިނަލެއް އަދި ތިން ސަރަހައްދެއްގައި ފެރީގެ އުޅަނދުތަކަށް ހިދުމަތް ދޭނެ ބޯޓު ޔާޑެއް ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާރްޓީއެލް ފެރީގެ ޒޯން އެކެއްގައި ހިމެނޭ 41 ރަށުން މިހާތަނަށް ބައިލައްކައަށް ވުރެ ގިނަ މީހުން ވަނީ މި ޚިދުމަތް ބޭނުންކޮށްފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
09 Oct 2026 ރިޕޯޓް

ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟

އިއްޔެ ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައ...

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާންކުރައްވައިފި؛ ވިދާޅުވީ ރައީސް ޞާލިޙްގެ ތާއީދު އޮތްކަމަށް
08 Oct 2026 ހަބަރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާންކުރައްވައިފި؛ ވިދާޅުވީ ރައީސް ޞާލިޙްގެ ތާއީދު އޮތްކަމަށް

2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިއުލާނުކުރައްވައި، ރަނިންމޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރ...

މަގުހެދުމުގެ މަސައްކަތް ކުރިއަށްދާތީ ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
23 Sep 2026 ހަބަރު

މަގުހެދުމުގެ މަސައްކަތް ކުރިއަށްދާތީ ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް

މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަ...

ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި އެބަތިބި: މޭޔަރު އާޒިމް
05 Aug 2026 ހަބަރު

ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި އެބަތިބި: މޭޔަރު އާޒިމް

މާލެ ސަރަހައްދުގައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން އެބަތިބިކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މާލެސިޓީ ކައުންސިލުން މިއަދު ބެއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ...

ޖަނަވަރީގެ ކުރީން މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި
29 Jun 2026 ހަބަރު

ޖަނަވަރީގެ ކުރީން މުޅި ރާއްޖޭގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށަން ނިންމައިފި

އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރް.ޓީ.އެލް ވިއުގަ ގާއިމުކުރައްވައި، އެ ޚިދުމަތް ފެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ ކަންކަން، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރެ...

އާރްޓީއެލް ފެރީގެ ޚިދުމަތް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެނެސްދޭނަން: ރައީސް މުޢިއްޒު
29 Jun 2026 ހަބަރު

އާރްޓީއެލް ފެރީގެ ޚިދުމަތް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެނެސްދޭނަން: ރައީސް މުޢިއްޒު

އާރްޓީއެލް ފެރީގެ ޚިދުމަތަކީ ރައްޔިތުން ބޭނުންވާ ފެންވަރުގައި ދެވޭ ހިތްފަސޭހަ ޚިދުމަތަކަށް ހެއްދެވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅ...