ރާއީ މަޖިލީހުގައި ސުވާލުކުރައްވަނީ/ ފޮޓޯ: މަޖިލިސް
ރާއީ މަޖިލީހުގައި ސުވާލުކުރައްވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު 28 Sep 2022 | 05:56

ނޭކުރެންދޫ ސުކޫލުގެ ފުރާޅު ވަނީ ބޮލަށް ވެއްޓެން ކައިރިވެފައި، ދައިވަރުން ތިބީ ނުރައްކާތެރި މާހައުލެއްގައި: ރާއީ

ނޭކުރެންދޫ ސުކޫލުގެ ހާލަތާއި ގުޅޭގޮތުން އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ 18 ވަނަ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓަރާއި ސުވާލުކުރައްވަމުން ރާއީ ވިދާޅުވީ ނޭކުރެންދޫ ސުކޫލުގެ ފުރާޅު ވަނީ ބޮލަށް ވެއްޓެން ކައިރިވެފައިކަމަށެވެ. އަދި މިހާރު ދަރިވަރުން ކިޔަވަމުންދަނީ ބިރުވެރި މާހައުލެއްގައިކަމަށެވެ.

އަދި އެ ސުކޫލުގެ ހާލަތު ދައްކުވައިދޭ ފޮޓޯތައް މިނިސްޓަރާއި ހިއްސާކޮށްފައިވާނެކަމަށް ރާއީ ވިދާޅުވިއެވެ.

އެ ސުކޫލުގައި އިތުރު ކުލާސްރޫމުތަކެއް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވާއިރު، އެ މަސައްކަތް ކުރިއަށް ނުދާކަމަށް ރާއީ ވިދާޅުވިއެވެ. އަދި އެކަންކަން ހައްލުކޮދެއްމުގެ މަސައްކަތް ކުރިއަށްދާ ގޮތް ސާފުކޮށްދެއްވުމަށް ރާއީ ވަނީ އެޑިއުކޭޝަން މިނިސްޓަރު އަރިހުން އައްސަވާފައެވެ.

"ނޭކުރެންދޫ ސުކޫލުގައި 4 ކްލާސްރޫމު އެޅުމަށް ހަވާލުކޮށްފައި ވަނީ. އެކަމަކު މިހާރު ދަރިވަރުން ކިޔަވަމުންދާ މާހައުލަކީ ހަމަ ފުރާޅު ބޮލައް ވެއްޓޭވަރުގެ ވަރަށް ނުރައްކާ މާހައުލެއް. އެކަމަށް އެއްވެސް ހައްލެއް ހޯދިއްޖެތޯ؟"

މަކުނޫ ދާއިރާގެ މެމްބަރު ރާއީ

ނޭކުރެންދޫ ސުކޫލުގެ ހާލަތާއި ގުޅިގެން މެމްބަރު ކުރެއްވި ސުވާލައް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ނޭކުރެންދޫގެ ހަތަރު ކްލާސްރޫމު އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެ މަސައްކަތް މި އަހަރުގެ މާޗުމަހުގައި ފެށިފައިވާކަމަށާއި، މި އަހަރުގެ އޮކްޓޫބަރު 14 އަށް މަސައްކަތް ނިމޭނެކަމަށް އެ މަސައްކަތް ހަވާލުކުރި ފަރާތުން ބުނެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ މަސައްކަތް ހިނގަމުންދަނީ ލަސްކޮށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސުކޫލުގެ ހާލަތު ދައްކުވައިދޭ ފޮޓޯތަކެއް މެމްބަރު ހިއްސާކުރައްވާފައިވާއިރު، މިހާރުން މިހާރަށް ކުރަންޖެހޭ މުހިންމު މަރާމާތުތައް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މިހާރު ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރަމުންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކުރެންދޫ ސުކޫލުގެ އިތުރުން އެ ދާއިރާއަށް ނިސްބަތްވާ ކުމުންދޫ ސުކޫލުގެ މަސައްކަތްވެސް ކުރިއަށްދާ ސްޕީޑާއި މެދު ރާއީ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އަންނަ އަހަރަކީ އެ ސުކޫލަށް 75 އަހަރު ފުރޭ އަހަރުކަމަށް ވުމުން އޭގެ ކުރިން އެ ސުލޫކުގައި އަޅަން ޖެހޭ ކްލާސް ރޫމުތައް ނިންމާނުލެވިދާނެކަމުގެ ކަންބޮޑުވުން ރާއީ ވަނީ ފާޅުކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.