ރައީސް ޞާލިޙް ނޫން ގޮތެއް ނެތް، އަމާންކަން ހޯދައިދެވޭނީ ރައީސްއަށް: ޝަރީފް
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނޫން ގޮތެއް މި އިންތިޚާބުގައި ހަޤީޤަތުގައި ނެތް ކަމަށާއި، އަމާންކަން ހޯދައިދެވޭނީ ރައީސް ޞާލިޙަށް ކަމަށް މަރަދޫ ދާއިރަގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އޭނާ ކުރައްވައިފައިވާ ޓްވީޓެއްގައެވެ.
"މި ރިޔާސީ އިންތިޚާބުގައި ހަޤީޤަތުގައި ރައީސް ޞާލިޙް ނޫން ގޮތެއް ހަޤީޤަތުގައި ނެތް، އެއީ އަމާންކަމާއި ހެޔޮވެރިކަން ކޮށްދޭނެ ވެރިއެއް" ޝަރީފް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ދެން އޮތް ގޮތަކީ ހަރުކަށި ކަމާއި ނާމާންކަން މުޅި ޤައުމަސް ފެތުރޭނެ "ޑިކްޓޭޓަރޝިޕް" އަކަށް ޖަގަ ދިނުން ކަމަށާއި އެއީ އޮތް އިޚްތިޔާރު ކުރާނެ ގޮތެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.
އިންތިޚާބަށް އެންމެ ދުވަހަކަށް ވެފައި ވާއިރު އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަ ދެ ކެންޑިޑޭޓުންވެސް ވިދާޅުވަމުން ދަނީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް