ބަޔަކު ހުކުރު ޚުތުބާ އަޑުއަހަން މިސްކިތުގައި
ބަޔަކު ހުކުރު ޚުތުބާ އަޑުއަހަން މިސްކިތުގައި
ހަބަރު 28 Oct 2022 | 08:33

ވަޒީފާއަށްދާން ހެނދުނާ ހޭލާއިރު ފަތިސްނަމާދަށް ދާން ހޭލަނީ ކިތައް މީހުން؟: ޚުތުބާ

ވަޒީފާއަށް ދިޔުމަށްޓަކައި ހެދުނު ހެނދުނާ ތެދުވާއިރު، ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް މުހިއްމުކަން ދެނީ ކިތައް މީހުންތޯ މިއަދުގެ ހުކުރު ޚުތުބާގައި ސުވާލުކޮށްފިއެވެ.

"ހަގީގީ ބާއްޖަވެރިކަން" މި މައުލޫއަށް ހާއްސަކޮށްގެން މިއަދު ދިން ހުތުބާގައި ބުނީ މާތް ﷲ އާމެދު އަޅާގެ ހިތުގައި އޮންނަ ޔަގީންކަމާއި ބަރޯސާއަކީ އިންސާނާއަށް ބާއްޖަވެރިކަން ގެނެސްދޭ ކަމެކެއް ކަމަށެވެ. އަދި އެ ޔަގީންކަން ލިބޭނީ ހަމައެކަނި އީމާންކަމުން ކަމަށެވެ.

އެގޮތުން، ކުރެވުނު ހެޔޮ އަމަލުތަކުގެ ސަބަބުން ތިބާއަށް ބުނަންވެސް ނޭނގޭހާއި ހިތްހަމަޖެހުމާއި އުފާވެރިކަން އިޙްސާސް ކުރެވޭނެ ކަމަށާ އެހެނީ އޭގެ ސަބަބުން ﷲ ތަޢާލާއާއި އެމީހަކާއި ދެމެދު އެ ގާއިމު ކުރެވުނީ މަތިވެރި މުޤައްދަސް ގުޅުމެއް ކަމަށެވެ. އަދި އެއީ އެމީހާގެ އަމާޒަކީ، އަދި ޙަޔާތުގެ މަގްސަދަކީ ވެސް، ﷲ ތައާލާގެ ރުއްސެވުން ލިބިގަތުން ކަމުގައިވާތީ ލިބޭ ހިތްހަމަޖެހުމެއް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

"އެ އަމާޒަށް ވާޞިލު ވެވިއްޖެނަމަ، ތިބާއަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުނީއެވެ. އެ އުފަލާއި ހިތްހަމަ ޖެހުމަކީ މަޤާމަކުން، މީހަކު ބުނެލާ ބަހަކުން އަދި ފައިސާއަކުން ހޯދޭނޭ އެއްޗެއް ނޫނެވެ." ޚުތުބާގައި ބުންޏެވެ.

މިއާއެކު ޚުތުބާގައި ބުނީ، މިއަދު ކޮންމެ މީހަކުވެސް ގަދައަޅައި، ބުރަ މަސައްކަތް ކުރަނީ، އުފާވެރި، ހިތްހަމަޖެހޭ ދިރިއުޅުމެއް ހޯދުމަށް ކަމަށެވެ. އެގޮތުން އެކިއެކި ކަންކަމުގައި އަވަދިނެތި މަޟްޢޫލުވެގެން، ބާއްޖަވެރިކަން ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި ގަދަކީރިތިވަންތަ ﷲ ސުބުޙާނަހޫ ވަތައާލާ ހަނދުމަކުރަން ވެސް ހަނދާނެއް ނުހުންނަ ކަމަށް ޚުތުބާގައި ބުންޏެވެ.

"އެ ކަލާނގެ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ފަރުޟު ފަސްނަމާދު މަތިންވެސް ހަނދާން ނުހުރުއެވެ. މާތް ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދެވެ. ނަމާދަށް ރައްކާތެރިނުވެ، ކިތަންމެ ބުރަ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ލިބޭނީ ކިހިނަކުން ހެއްޔެވެ؟ ލޮބުވެތި ނަބިއްޔާ ބިލާލުގެފާނަށް ހަދީޘްކުރެއްވިއެވެ. ” އޭ ބިލާލުވެ! ނަމާދަށް ގޮވާލާށެވެ! ނަމާދުން އަހަރެމެންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭށެވެ!” އަދި ފަތިސް ނަމާދުގެ ސުންނަތް ދެ ރަކުޢަތް ކުރާމީހަކަށް ހުރި ބާއްޖަވެރިކަމާއި، ދަރުމައިގެ މަތިވެރިކަން ބަޔާންކުރައްވަމުން އިތުރު އެކަލާގެފާނު ހަދީޘް ކުރެއްވިއެވެ. ” ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަަށްވުރެ ފަތިސް ނަމާދުގެ ސުންނަތް ދެ ރަކުޢަތް މާ ހެޔޮކަން ބޮޑުވެގެންވެއެވެ.” ޚުތުބާގައި ބުނެފައިވެއެވެ.

ހަޤީޤީ ބާއްޖަވެރިކަމަކީ އެއީ ކަމުގައި ވާއިރު އެ މަތިވެރިކަމާއި ބާއްޖަވެރިކަން ޙާސިލުކުރުމަށްޓަކައި ނަމާދަށް ފަރުވާތެރި ވަނީ ކިތައް މީހުންތޯ ޚުތުބާގައި ވަނީ ސުވާލުކޮށްފައެވެ. އަދި ވަޒީފާއަށް ދިޔުމަށްޓަކައި ހެދުނު ހެނދުނާ ތެދުވާއިރު، ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށް މުހިއްމުކަން ދެނީ ކިތައް މީހުންތޯވެސް ޚުތުބާގައި ވަނީ ސުވާލުކޮށްފައެވެ.

އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް ބޭނުންވާނަމަ، ބާއްޖަވެރިކަމުގެ ދެ އަސާސު ކަމުގައިވާ އީމާންކަމާއި ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އަވަސްވެގަތުމަށް ޚުތުބާގައި ވަނީ އެންމެހައި މުސްލިމުތަކުންނަށް ވަޞިއްޔަތްކޮށް ނަސޭހަތްތެރިވެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.