ހައިވޭގައި ހަރުކޮށްފައިވާ ބައެއް ސޯލާ ޕެނަލްތައް/ ފޮޓޯ: ސަން
ހައިވޭގައި ހަރުކޮށްފައިވާ ބައެއް ސޯލާ ޕެނަލްތައް/ ފޮޓޯ: ސަން
ހަބަރު 28 Oct 2023 | 12:45

ހައިވޭގައި ހުރި ސޯލާ ޕެނަލްތައް ނަގައި އެހެން ރަށަކަށް ބަދަލުކުރާނަން: ޑރ މުއިއްޒު

ސިނަމާލެ ބްރިޖުގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް އެތަނުން ނަގައި އެކަމަށް ޚާއްސަ ރަށަކަށް ބަދަލުކުރަައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފޭސް-1 ގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ ހުޅުމާލޭގެ ހައިވޭ މިހާރު ފެންނަމުންދަނީ ވަރަށް ހާސްކަން ބޮޑުކޮށް ކަމަށެވެ.

ތިލަމާލެ ބްރިޖާއި ހައިވޭ ތަރައްގީކޮށްފައިވަނީ ހިތްގައިމުކަމާއެކު، ކަނޑުގެ މަންޒަރުތައް އެ ސަރަހައްދުން ފެންނަމުންދާނެ ފަދަ ގޮތަކަށް ކަމަށާއި، އަދި އެ ޕެނަލްތަކުގެ ސަބަބުން އެ ސަރަހައްދުގެ ހިތްގައިމުކަން ގެއްލިފައިވާ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ޑރ މުއިއްޒު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއަކީ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރުގައި ވެސް އެފަދަ މަޝްރޫއުތައް ހިންގަވާނެ ކަމަށެވެ.

އެހެން ނަަމަވެސް މިހާރު ހައިވޭގައި އެ މަޝްރޫއު ހިންގާފައިވާ ގޮތަށްވުރެ ރަނގަޅަށް އެކަންކަން ކުރެވޭނެ ގޮތް ހުންނާނެ ކަމަށާއި، ހައިވޭގައި ޖަހާފައިވާ ސޯލާ ފެނަލްތައް ނަގައި އެހެން ރަށަކަށް ބަދަލުކުރައްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

އެގޮތުން ޕެނަލްތައް އެތަނުން ގެންގެވުމަށްފަހު ރަށުގެ ކުޑަ ބޮޑުމިނަށް ބަލައި، ކަނޑައެޅޭ ރަށްތަކަށް އެ ޕެނަލްތައް ބަދަލުކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ކުރުމަށް އެ މަޝްރޫއަށް ފަންޑުކުރި ފަރާތާއެކު މަޝްވަރާކުރައްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

"ކުޑަ އަދި މެދު ސައިޒުގެ މި ދެންނެވި އެއް ރަށް ނޫނީ ދެރަށަކަށް، އެއްކޮށް އެދެރަށް ނޫނީ އެއްރަށް، އެއްކޮށް ސޯލާ ޕަވާއެއް ހިންގޭގޮތަށް އެތަކެތި ގެންގޮސް އެ ކަމާއި ފަންޑުކުރި ފަރާތާއި ވެސް މަޝްވަރާކޮށްގެން ނަގައިގެން ގެންގޮސް އެއް ރަށް ނުވަތަ ދެރަށް އެއްކޮަށް ސޯލާ ޕަވާއިން ހިންގާގޮތަށް ބަދަލުކުރުމަށް މިތަކެތި މިތަނުން ނަގައިގެން ގެންދަން. "

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު

ހުޅުމާލެ ލިންކް ރޯޑުގައި ގާއިމްކުރާ 5 މެގަވޮޓްގެ ސޯލާ ޕީވީ އިންސްޓޯލްމަންޓަކީ ރާއްޖޭގައި އެއް ގްރިޑެއްގައި މިހާރު ކުރިއަށްދާ އެންމެ ބޮޑު ސޯލާ ޕީވީ އިންސްޓޯލްމަންޓެވެ.

މިއީ ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މިއީ ދެމެހެއްޓެނިވި ގޮތެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ކުރިއަރުވަން އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އިންވެސްޓްމަންޓްތައް ހަލުވިކުރުމަށް ވޯލްޑްބޭންކުން އެހީވުމަށް ހިންގާ އެސްޕަޔަރގެ އެހީގައި ގިންގާ މަޝްރޫއެކެވެ.

އެ މަޝްރޫއު މިހާރު ހިންގާ ގޮތުގެ ސަބަބުން ހައިވޭގެ ރީތިކަމާއި ހިތްގައި މަންޒަރު ގެއްލޭކަން ފާހަގަކޮށް ގިނަ ފާޑުކިޔުންތަކެއް ވެސް ވަނީ މި ސަރުކާރަށް އަމާޒުވެފަ އެވެ. އަދި ހައިވޭގައި ޖަހާފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ކަރަންޓަށް ބަލާއިރު މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ކަރަންޓިބިލުތަކަށް ކުޑަވެސް ލުޔެއް ނުލިބޭނެ ކަމަށް ސަރުކާރުގެ ކަރަންޓު ކުންފުނި ސްޓެލްކޯއިން ވެސް ވަނީ ބުނެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.