ކާމިޔާބީ އިއުލާންކުރުން؛ ފޮޓޯ / އެމްއެފްއެލްސީ
ކާމިޔާބީ އިއުލާންކުރުން؛ ފޮޓޯ / އެމްއެފްއެލްސީ
ވިޔަފާރި 28 Oct 2026 | 11:59

ޖީ.ސީ.އެފްގެ ޑައިރެކްޓް އެކްސެސް އެންޓިޓީއެއްގެ ގޮތުގައި އެމް.އެފް.އެލް.ސީ ފާސްކޮށް، ރާއްޖެއިން ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފި

ޖީ.ސީ.އެފްގެ ޑައިރެކްޓް އެކްސެސް އެންޓިޓީއެއްގެ ގޮތުގައި އެމް.އެފް.އެލް.ސީ ފާސްކޮށް، ރާއްޖެއިން ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.

މިއީ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ މިންވަރު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ފަންޑުތަކުން ސީދާގޮތެއްގައި މާލީ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ތާރީޚީ މުހިއްމު ކާމިޔާބީއެއްކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން، މިއީ ރާއްޖޭގެ މުއައްސަސާއަކަށް ޖީ.ސީ.އެފްގެ މިފަދަ ދަރަޖައެއް ލިބުނު ފުރަތަމަ ފަހަރެވެ.

މި ކާމިޔާބީ ފާސްވެގެން ގޮސްފައިވަނީ އޮކްޓޫބަރު 26 އިން 29 އަށް ދެކުނު ކޮރެއާގެ ސޮންގްޑޯގައި ބޭއްވުނު ޖީ.ސީ.އެފްގެ 46 ވަނަ ބޯޑު ބައްދަލުވުމުގައެވެ. ޖީ.ސީ.އެފްއަކީ މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ތިމާވެށްޓާ ރައްޓެހި އުސޫލުތަކަށް ބަދަލުވުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށް އުފައްދާފައިވާ ދުނިޔޭގެ އެންމެ ބޮޑު މޫސުމީ ފަންޑެވެ.

މީގެ ކުރިން މިފަދަ ފަންޑުތަކުން އެހީ ހޯދުމުގައި ބޭރުގެ ބައިނަލްއަޤްވާމީ އިދާރާތަކަށް ބަރޯސާވާން ޖެހުނު ނަމަވެސް، މި އެކްރެޑިޓޭޝަންގެ ސަބަބުން ދިވެހި މުއައްސަސާތަކަށް ސީދާ ޖީ.ސީ.އެފްއާ ގުޅިގެން މަޝްރޫޢުތައް އެކުލަވާލައި ހިންގުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު ލިބިގެންދާނެއެވެ.

މި އެކްރެޑިޓޭޝަން ހާސިލުކުރުމަށްޓަކައި ވޭތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި އެމް.އެފް.އެލް.ސީއިން ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތްތައް ކުރިއަށްގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ޖީ.ސީ.އެފް ސެކްރެޓޭރިއެޓްގެ ސީދާ އެއްބާރުލުމާއި އިރުޝާދުގެ ދަށުންނެވެ.

އެކްރެޑިޓޭޝަންގެ ހަރުދަނާ މަރުޙަލާތައް ފުރިހަމަކުރުމުގެ ތެރޭގައި އެމް.އެފް.އެލް.ސީގެ ހިންގުމުގެ ނިޒާމާއި ފަންނީ މިންގަނޑުތައް ވަނީ ބައިނަލްއަޤްވާމީ ފެންވަރަށް މަތިކޮށްފައެވެ.

މި މަރުޙަލާގައި ކުރިމަތިވި ތަފާތު ގޮންޖެހުންތަކުން އަރައިގަނެ، ޖީ.ސީ.އެފް އިން ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކަށް އެމް.އެފް.އެލް.ސީގެ ޤާބިލުކަން ވަނީ އިތުރުކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ މޫސުމީ ފަންޑުތަކުން ދިވެހިރާއްޖޭގެ އަމިއްލަ މުއައްސަސާތައް މެދުވެރިކޮށް އެހީ ހޯދުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް މުހިއްމު ކުރިއެރުމެކެވެ. މީގެ ސަބަބުން ޤައުމީ ފެންވަރުގައި ތިމާވެށީގެ ކަންކަމުގައި އިސްނެގުމުގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެއެވެ.

މި އެކްރެޑިޓޭޝަނާއެކު، އިއާދަކުރަނިވި ހަކަތަ އުފެއްދުމާއި، ހަކަތަ އިޤްތިޞާދުކުރުމާއި، ދެމެހެއްޓެނިވި ކަނޑުދަތުރުފަތުރާއި، ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުން ފަދަ މުހިއްމު ދާއިރާތަކުން މާލީ އެހީތެރިކަން ހޯދުމަށް އެމް.އެފް.އެލް.ސީއަށް މަގުފަހިވެގެންދާނެއެވެ.

ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ މޫސުމީ ޤައުމީ ޕްލޭންތަކާ އެއްގޮތަށް، ބައިނަލްއަޤްވާމީ ފަންޑުތަކަށް ސީދާ ވާސިލްވުމުގެ ފުރުސަތުތައް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ވިލުންތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް
15 Oct 2026 ހަބަރު

ފެނަކައިން ވަކިކުރި އަފީފު ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުކަމަށް

ފެނަކައިގެ އެމްޑީގެ މަގާމުން އޭނާ ވަކިކޮށްފައިވަނީ އެ ކުންފުނި އުވައިލުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ.

ސައޫދީގެ ވެރިރަށް ރިޔާދުގައި ބޭއްވި 17 ވަނަ އެނަރޖީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ
14 Oct 2026 ހަބަރު

ސައޫދީގެ ވެރިރަށް ރިޔާދުގައި ބޭއްވި 17 ވަނަ އެނަރޖީ ފޯރަމްގައި ރާއްޖެއިން ބައިވެރިވެއްޖެ

މި ފޯރަމްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހަކަތައިގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރު ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކުރުމާއި، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ އިތުރުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރެވިދާނެ ހަރުދަނާ ސިޔާސަތުތަކާ ގުޅޭގޮތުންނެވެ

ހިޖުރަކުރާ ހިމާޔަތްކޮށްފައިވާ ދޫނި ހިފާ، ގަނެވިއްކާ މީހުންގެ މައުލޫމާތު ހިއްސާކޮށްދޭން އެދިއްޖެ
01 Oct 2026 ހަބަރު

ހިޖުރަކުރާ ހިމާޔަތްކޮށްފައިވާ ދޫނި ހިފާ، ގަނެވިއްކާ މީހުންގެ މައުލޫމާތު ހިއްސާކޮށްދޭން އެދިއްޖެ

ހިޖުރަކުރާ ހިމާޔަތްކޮށްފައިވާ ދޫނި ހިފާ، ގަނެވިއްކާ މީހުންގެ މައުލޫމާތު ހިއްސާކޮށްދޭން އެދިއްޖެ އެވެ. އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރަ...

ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ޔޫއެންޑީޕީއާ އެކު އެއްބަސްވުމެއް
30 Sep 2026 ހަބަރު

ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިންގުމަށް ޔޫއެންޑީޕީއާ އެކު އެއްބަސްވުމެއް

ދިރޭތަކެތީގެ ނަސްލު ރައްކާތެރިކުރުމާ ގުޅޭ މުހިންމު މަޝްރޫޢުތަކެއް ތަންފީޒުކުރުމަށްޓަކައި، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އދ. ގެ ތަރައްޤީއާ ބެހޭ ޖަމިއްޔާ (ޔޫއެންޑީޕީ) އާ އެކު...

އިޔާދަކުރަނިވި ހަކަތައިގެ ޤާބިލުކަން ދެ ގުނައަށް ވުރެ މައްޗަށް ގެންގޮސްފިން: އަލީ ޝަރީފް
24 Sep 2026 ހަބަރު

އިޔާދަކުރަނިވި ހަކަތައިގެ ޤާބިލުކަން ދެ ގުނައަށް ވުރެ މައްޗަށް ގެންގޮސްފިން: އަލީ ޝަރީފް

ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ލަނޑުދަނޑި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރެއްވިއިރު 53 މެގަވޮޓުގައި ހުރި އިންސްޓޯލްޑް ކެޕޭސިޓީ މިހާރު 126 މެގަވޮޓ...

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
25 Aug 2026 ހަބަރު

އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް

ދައުލަތުގެ ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ގާތުން ބައްލަވައި މަޢުލޫމާތު ހޯއްދެވުމަށް އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ މިއަދު ތިމާވެށްޓާ ބެހޭ ވުޒާރާ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ އިސް ...