ރައީސް ޑރ.މުއިއްޒު ބައިވެރިވެވަޑައިގަންނަވާ "މުހިންމު" ޖަލްސާއެއް މިރޭ!
ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ޑރ.މުޙައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގަންނަވާ ހާއްސަ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.
މި ޕާޓީ އިން މިފަދައިން ބުނީ އެކްސް ގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި މި ބައްދަލުވުމުގައި ޖަލްސާގައި ބައިވެރިވުމަށް ވަނީ ދައުވަތު އަރުވާފައެވެ.
މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައި ދަރުބާރުގޭ ރަންނަ ބަނޑޭރި މާލަމުގައެވެ.
ޖަލްސާ އަށް އަންނައިރު އަންހެނުން ޕާޓީ ކުލައިގެ ހެދުމެއް ލުމަށާއި، ފިރިހެނުން ހުދު ގަމީހާއި އެކު ޕާޓި ކުލައިގެ ޓައީ އެއް އެޅުމަށް އެ ޕާޓީން ވަނީ އެދިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް