ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޝަމީމް އައްޔަނުކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ގާނޫނީ ވަކީލް އާދަމް ޝަމީމް އައްޔަނުކޮށްފި އެވެ.
ޖޭއެސްސީން ވަނީ އެ ނިންމުން އާންމުކޮށް ޝަމީމަށް މަރުހަބާ ކިޔާފަ އެވެ. ރައީސް އޮފީހުގެ ސީނިއާ އަންޑަ ސެކެރެޓަރީގެ މަގާމުގައި ކުރީން ހުންނެވި ޝަމީމް އެ މަގާމަށް އައްޔަނުކުރީ ކުރިމަތިލި ބޭފުޅުންގެ ތެރެއިން އިންޓަވިއުކޮށް އެންމެ މަތީން މާކުސް ހޯދުމުން ކަމަށް ޖޭއެސްސީން ބުނެ އެވެ.
ޝަމީމް ވަނީ ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އެމަނިކުފާނާއެކު ސިޔާސީ މަަސައްކަތް ވެސް ކުރެއްވި އެވެ. ފަހުން މި ސަރުކާރުގެ މަގާމަކަށް ވަޑައިގަތީ އެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ކުރީން ހުންނެވީ އަމްޖަދު މުސްތަފާ އެވެ. އޭނާ ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ފަހުން އޭނާ ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް މަގާމަށް އައްޔަނުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް