މާލޭގެ ރަސްމީ ފާލަން އެކި ދުވަސްވަރު ހުރި ގޮތް
މާލޭގެ ރަސްމީ ފާލަން އެކި ދުވަސްވަރު ހުރި ގޮތް
ރިޕޯޓް 01 Mar 2025 | 03:05

އަޅެ ބުނެބަލަ! ކޮން ފާލަމެއް އެންމެ ރީތި؟

ދިވެހީންގެ ވެރިރަށުގެ މަލަމަތި ރީތިކޮށްދޭ އެންމެ މުހިންމު އެއް ބިނާ އަކީ ރަސްމީ ފާލަމެވެ. ރަސްމީ ފާލަން ބެލެހެއްޓުމާއި, ރީތި ތަނެއްގެ ގޮތުގައި އެ ތަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރެވެ އެވެ.

އެކި ދުވަސްވަރު ރަސްމީ ފާލަމަށް ދިވެހީން އެކި ނަންނަމުން މުހާތަބުކޮށް އުޅުނެވެ. އެންމެ އާންމު ނަމަކީ "ރަސްމީ ފާލަން" މި ނަމެވެ. ބައެއް މީހުން ކިޔާގޮތުން އެއީ ރައީސްގެ ފާލަމެވެ. އެހެން ކިޔަނީ، ރައީސުލްޖުމްހޫރިއްޔާއަށް އެ ފާލަންކޮޅު ހާއްސަކޮށްފައި ވާތީ އެވެ.

އެހެން ގޮތަކުން ނަމަ އެއީ އެއް ނަންބަރު ފާލަމެވެ. ފަހުން ފާލަމަށް ވަކި ހާއްސަ ނަމެއް ކަނޑައެޅުނީ އެވެ. އެއީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ފާލަން އަލުން ހަދާ ހުޅުވީ، ޢިއްޒުއްދީން ފާލަމުގެ ގޮތުގަ އެވެ.

މިހާރު އިއްޒުއްދީން ފާލަން ހުރި ގޮތް: މި ގޮތް ގިނަ ބަޔަކަށް ވަރަށް ކަމުދޭ

ރައީސް ޔާމީންގެ ސަރުކާރުގައި އިއްޒުއްދީން ފާލަމަށް ގެނައީ ވެސް ހިތްގައިމު ބަދަލެކެވެ. ފާލަން ހަދާފައި ހުރީ، ރިޔާ ނެގި ބައްތެއްޔެއްގެ ސިފަ ދުރުން ފެންނަ ގޮތަށެވެ. މިއީ އޭރު ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ބަދަލަކަށްވި އެވެ. ފާލަން ހެދީ ސިފައިންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިއްޒުއްދީން ފާލަން ހުރި ގޮތް

ރައީސް ޔާމީންގެ ވެރިކަމުގައި ރަސްމީ ފާލަން މަރާމާތުކޮށް، އިއްޒުއްދީން ފާލަމުގެ ހުޅުވި ނަމަވެސް ދެން އައީ ފާލަން އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓުނު ދުވަސްތަކެކެވެ.

އެކަމުގެ ސަބަބުން ފާލަމުގެ ރީތިކަން ވަރަށް ބޮޑަށް ގެއްލުނެވެ. އަދި ދަބަރަށް ވެ ފާލަން ވަރަށް ބޮޑަށް ހަލާކުވި އެވެ. ފާލަން މަރާމާތު ކުުރުމުގެ މަސައްކަތް ކުރީ ސަރުކާރުން ފަށަން ނިންމި އެވެ. ނަމަވެސް އެ ދައުރުގެ ތެރޭގައި އެކަން ކުރެވޭ ގޮތް ނުވީ އެވެ.

މުހައްމަދު ފަރީދުގެ ރަސްކަމުގައި ރަސްމީ ފާލަން ހުރި ގޮތް

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތާއި އެންމެ ފަހުން ރާއްޖޭގައި ރަސްކަން ކުރެއްވި އައްސުލްތާން މުހައްމަދު ފަރީދު އަލްއައްވަލުގެ ދުވަސްވަރު ރަސްމީ ފާލަން ހުރީ ދާދި އެއްގޮތަށެވެ.

މާބޮޑު ތަފާތެއް ނެތެވެ. ދެވަނަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަޑޭރިކިލެގެފާނުގެ ވެރިކަމުގައި ރަސްމީ ފާލަމަށް އިތުރު ބަދަލެއް ނުގެނެސް އެގޮތުގައި އޮތެވެ.

ރައީސް އަމީންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތް

އޭގެ ފަހުން ރަސްމީ ފާލަމަށް ބޮޑު ބަދަލެއް ގެނައީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގަ އެވެ.

މިހާރުގެ ޒުވާނުންނަށް, އެ މީހުންގެ ޅަ ދުވަހުގެ އެންމެ ހާއްސަ އެއް ބިނާއެއްގެ ގޮތުގައި ވާނީ އެ ދުވަސްވަރުގެ ރަސްމީ ފާލަމެވެ. އެއީވެސް ވަރަށް ހިތްގައިމު ފާލަމެވެ. ރައީސް ފާލަމުގެ ގޮތުގައި ރަސްމީ ފާލަން މަޝްހޫރުވީ އެ ދުވަސްވަރު އެވެ.

އެއީ އޭރު ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއާ ދައުލަތުގެ އެންމެ އިސްވެރީން ބޭނުން ކުރައްވާ ފާލަންކޮޅަށް ވުމުންނެވެ.

ރައީސް މައުމޫންގެ ދުވަސްވަރު ރަސްމީ ފާލަން ހުރި ގޮތް

މިހާރު ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އެ ހުރީ ރައީސް މައުމޫނާއި ރައީސް އަމީންގެ ވެރިކަމުގައި ރަސްމީ ފާލަން ހުރި ގޮތާއި އެއްގޮތް ގޮތްތަކެއް ހިމަނާ ނަމަވެސް އިތުރު ފުރިހަަމަ ކަމާއެކު އެވެ.

ފާލަމުގެ ތަނބުތައް ފެންނަން ހުރީ ހިރިގަލުވަޑާމުގެ ފަރުމާތަކާ އެއްގޮތަށެވެ. ފުރާޅުގެ ބެރިތައް ތުނޑުކުނަލުގެ ގެތުންތައް ރަމްޒުކޮށްދޭ ގޮތަށެވެ.

މިހާރު އޮތް ބަހުސަކީ މިއީ އެވެ. އެންމެ ރީތި ފާލަމެއް ކަނޑައެޅުމުގައެވެ. އެހެންވިއްޔާ އަޅެ ނިކަން ބުނެބަލާށެވެ. މި ހުރިހާ ފާލަންތަކުގެ ތެރެއިން އެންމެ ރީތީ ކޮން ފާލަމެއްތޯއެވެ؟

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި
03 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފޮނުއްވައިފި

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނަށާއި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

އދ. ވާންޖެހޭނީ ޤާނޫނުތަކަށް ތަބާވާ، އިތުބާރާއި ޒިންމާދާރު މުއައްސަސާއަކަށް: ރައީސް ޑރ.މުއިއްޒު
24 Oct 2026 ހަބަރު

އދ. ވާންޖެހޭނީ ޤާނޫނުތަކަށް ތަބާވާ، އިތުބާރާއި ޒިންމާދާރު މުއައްސަސާއަކަށް: ރައީސް ޑރ.މުއިއްޒު

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އދ. ގެ އިތުބާރު ދެމިއޮތުމުގެ އަސްލަކީ ޤައުމުތަކުގެ މެދުގައި އޮންނަ އިތުބާރާއި ޒިންމާދާރުކަން ފާހަގަކުރައްވައި ވިދާޅުވީ، އެކަން ޙަޤީޤަތަކަށް ހެދޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތަކަށް އެންމެހައި ޤައުމުތަކުން ތަބާވެ، މުޢާހަދާތައް ފުރިހަމައަށް ތަންފީޛުކުރެވިގެންކަމަށް ވިދާޅުވިއެވެ.

ފަސްޓްލޭޑީ ސާޖިދާ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފި
21 Oct 2026 ހަބަރު

ފަސްޓްލޭޑީ ސާޖިދާ، ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފި

މި ޒިޔާރަތުގައި އެކަމަނާ ވަނީ ޑްރެޕްގެ މައިގަނޑު މަސައްކަތްތަކާއި، އާންމު ސިއްޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށް އެ އިދާރާއިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅޭ ތަފުސީލީ މަޢުލޫމާތު ފަސްޓްލޭޑީއާ ވަނީ ޙިއްޞާކުރައްވާފައެވެ.

އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ: މެޑަމް ސާޖިދާ
10 Oct 2026 ހަބަރު

އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ: މެޑަމް ސާޖިދާ

އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. މެޑަމް ސާޖިދާ މިހެން ވިދާޅުވެފައިވަނީ، ދުނިޔޭގެ ...

މަޑުޖެހިފައިހުރި މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
07 Oct 2026 ހަބަރު

މަޑުޖެހިފައިހުރި މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި މިނިސްޓަރުން ހިމެނޭ ގޮތަށް ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑރ. ...

ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
06 Oct 2026 ހަބަރު

ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް

ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެ...