ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް
ހަބަރު 29 Apr 2023 | 07:20

ޔާމީނުގެ ވެރިކަމުގައި ފޯޅަވަހިން ގެއްލުނުބައި ހޯދުމުގެ މަސައްކަތް ފަށާނުން: އާދަމް ޝަރީފް

ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ފޯޅަވަހިން ގެއްލުނުބައި ހޯދުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، "ޗަ ގޯސް" ގެ ނަމުގައި ރޭ ހެދިގޮނޑުދޮށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ރާައްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމަކީ ދިވެހިންނަށް ފޫ ނުބެއްދޭ ވަރުގެ ކަމަކަށް ވެގެންދާނެ ކަމަށެވެ.

މި މައްސަލައިގައި ރާއްޖެއަކީ އެއް ހަސްމަކަށް ވާއިރު، ރާއްޖެއަކީ މަސްވެރިކަމަށް ބަރޯސާވާ ވެފައި މޮރިޝަސްއަކީ މަސްވެރި ގައުމަކަށް ނުވާއިރު، މޮރިޝަސްއިން ކުރިން ދެއްކި ވާހަކަތަކަށް ރާއްޖެއިން ޗެލެންޖް ކުރަމުން އައި އައުން މި ސަރުކާރުން ދޫކޮށްލައި، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދޫކޮށްލުމަކީ މި ސަރުކާރުން މި ގައުމަށްވީ ވަރަށް ބޮޑު ގައްދާރުވުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި ސަރުކާރުން މި ދިން އަނިޔާ ދިވެހި ރާއްޖެއިން އަބަދުވެސް ތަހައްމަލު ކުރަން ޖެހޭނެ. މި ބަދަލުގެ ސަބަބުން އަޅުގަނޑުމެންނަށް މި ގެއްލިގެން ދިޔައީ އަޅުގަނޑުމެން ހީވެސް ނުކުރާ ވަރުގެ، އަޅުގަނޑުމެންގެ ކުރިއަށްއޮތް ޖީލަށްވެސް، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށްވެސް، އަޅުގަނޑުމެންގެ މަސްވެރިންނަށްވެސް، ދުވަހަކުވެސް ދެން އެހިސާބަށް ނުދެވޭވަރުގެ ގެއްލުމަކަށް"

ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލައި 500 މިލިއަން ޑޮލަރު ހޯދި މައްސަލަ ބަލާނެ ކަމަށެވެ.

"ﷲ ގެ ވާގިފުލާއެކީގާ، ރައީސް ޔާމީނުގެ ޒަމާއަތުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު އެ ގެއްލުނު ބައިތައް ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ފައްޓައިގެން ކުރިއަށް ގެންދާނަމޭ"

ޝަރީފް ވިދާޅުވިއެވެ.

މި މައްސަލަތަކަށް އޮތީ އެންމެ ހައްލެއް ކަމަށާއި، އެއީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެވ.

ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަ ނިމުނީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ.

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެއެވެ.

އިޓްލޮސް އިން އެ މައްސަލައިގައި ހުކުމް އިއްވީ ފުށުއަރާ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ރާއްޖެއާއި މޮރިޝަސްއާ ދެމެދު އެއްވަރަކަށް ބެހުމަށެވެ.

މި މައްސަލާގައި މޮރިޝަސްއިން ވަކާލާތު ކުރަމުން އައީ އިން ކަނޑައެޅުމުގައި ބްލެންހެމް ފަރުން މިން އަޅަން ފެށުމަށެވެ. ނަމަވެސް ރާއްޖޭން ވަކާލާތު ކުރަމުން އައީ މޮރިޝަސްއިން ބޭނުންވާ ފަދައިން ބްލެންހެމް ފަރުން މިންއެޅުމުގެ ބަދަލުގައި ޕެރޯސް ބަންހޯސްއާއި ސެލޮމަން އައިލެންޑްސް ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކަކުން ފެށިގެން ކަނޑުގެ ސަރަހައްދު މިންކުރުމަށެވެ.

ދެ ފަރާތުގެ ވާހަކައަށް ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ބްލެންހެމް ފަރަކީ ބޭސްޕޮއިންޓުކަމަށް ކަމަށް ބެލުމަށް ޤަބޫލުކުރެވޭ މިންވަރަށް މޮރިޝަސްއަށް ހެކި ހުށަހެޅިފައިނުވާކަމަށް އިޓްލޮސްގައި މައްސަލަ ބެއްލެވި ޗެމްބަރުން ބުނެފައިވެއެވެ.

އެހެންކަމުން، ރާއްޖެއާއި ޗާގޮސްގެ މެދުގައިވާ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ބައިކުރާނީ ރާއްޖެއިން އެދުނު ގޮތަށް ޕެރޯސް ބަންހޯސްއާއި ސޮލަމަން އައިލެންޑްސް ދެ އަތޮޅުގައި ފާހަގަކުރާ ނުކުތާތަކުން ފެށިގެން ޗާގޮސްގެ ކަނޑުގެ ސަރަހައްދު މިންކޮށްގެން ކަމަށް އިޓްލޮސްގައި މައްސަލަ ބެއްލެވި ޗެމްބަރުން ވަނީ ނިންމާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި
13 Oct 2026 ހަބަރު

ހުޅުމާލެ ރަށު މާރުކޭޓުގެ ނުވަ ގޮޅިއަކަށް ކުރިމަތިލުމަށް އެޗްޑީސީން ހުޅުވާލައިފި

ހުޅުމާލޭގައި ހުންނަ ރަށު މާރުކޭޓުން ނުވަ ގޮޅިއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން )އެޗްޑީސީ( އިން ފުރުޞަތު ހުޅުވާލައިފިއެވެ.

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.