ދެލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކު ނިޔާވެއްޖެ
ފޭދޫ ފިނޮޅު ކައިރީގައި ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެކްސިޑެންޓް ގައި ޖެހުނު އެެއް ލޯންޗުގައި ދަތުރު ކުރި އެކަކުގެ ހާލު ސިރިއަސްވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އޭނަ ނިޔާވެފައި ވާކަމަށް ދިވެހި ފުލުހުންގެ ފަރާތުން މައުލޫމަތު ދިފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނި 53 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ވަނި މި ހާދިސާ ހިނގި ކަމަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 16:42 އެހާއިރު ކަމަށެވެ. އަދި މި ހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް