މޫސުން ގޯސްވެ އުތުރުގެ އަތޮޅު ތަކަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވުމުގެ ސަބަބުން ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން ޤައުމީ މޫސުމާ ބެހޭ އިދާރާއިން މިއަތޮޅު ތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 06:15 އިން ފެށިގެން 12:00 ގެ ނިޔަލަށެވެ.
މި ވަގުތުތަކުގައި ހުދު ސަމާލު ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއިއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މިދުވަސްކޮޅަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްކޮޅެކެވެ. އެހެންކަމުން ފުލުހުންނާއި ސަލާމަތީ ބާރުތަކުން ވަނީ ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އެދިފައެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް