އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު
ހަބަރު 29 May 2023 | 09:11

އެމްއާރުއެމް އުވާލުން މަޑުޖައްސާލުމުގެ އަމުރު މުރާޖައާކުރަން އެދެނީ

އެމްއާރުއެމް އުވާލުމުގެ މަޑުޖައްސާލުމަށް ސިވިލް ކޯޓުން ނެރުނު އަމުރު މުރާޖައާކޮށްދިނުމަށް އެދެން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

ސިޔާސީ ޕާޓީއެއްގައި މެންބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ 3،000 މެމްބަރުން ހަމަކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެ އަދަދަށް މެންބަރުން ހަމަނުވާ ކަމަށް ބުނެ އެމްއާރްއެމް އިން އުވާލިކަން މިދިޔަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޓީއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އެ ޕާޓީގެ ނަމުގައި ސިޔާސީ ހަރަކާތް ހިންގުންވެސްވަނީ  މަނާކޮށްފައެވެ.

އެ މައްސަލަ އެމްއާރްއެމް އިން ސިވިލްކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމް ކުރީ އެމްއާރްއެމް އުވާލަން ނިންމި ނިންމުން މަޑު ޖައްސާލުމަށެވެ.

އެކަމާއި ގުޅިގެން އީސީން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެމްއާރުއެމް އުވާލުން މަޑުޖައްސާލުމާ ގުޅޭގޮތުން ނެރުނު ވަގުތީ އަމުރު މުރާޖައާކުރުމަށް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

އެމްއާރްއެމް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގައި އެޕާޓީން ބުނެފައި ވަނީ އެ ޕާޓީ އުވާލުމަށް އިލެކްޝަނުން ނިންމާފައި ވަނީ ޤާާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަކޮށްފައިވަނިކޮށް ކަމަށެވެ. އަދި އެ ޕާޓީގެ ނަމުގައި ހަރަކާތް ނުހިންގުމަށް އެނގި އެންގުން ބާތިލުކުރުމަށް ވެސް އެ ޕާޓީން އެދިފައި ވެއެވެ.

މި މައްސަލާގައި ދާއިމީ ހައްލެއް ހޯދަން އީސީއާ ދެކޮޅަށް، އެމްއާރްއެމްގެ ފަރާތުން އިތުރު މައްސަލައެއް 30 ދުވަހުގެ ތެރޭގައި ކޯޓަށް ވައްދާނެ ކަމަށް، އެ ޕާޓިން ބުނެފައިވާތީ، ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި އެ މުއްދަތުގައި މައްސަލަ ކޯޓަށް ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެ ކަމަށް ސިވިލް ކޯޓްގެ ހުކުމްގައި ވެ އެވެ.

އިލެކްޝަން ކޮމިޝަނުގެ ޣައިރު ހާޒިރުގައި ނިންމި މައްސަލައިގައި ސިވިލް ކޯޓުން، އެ ކޮމިޝަނުގެ މައްޗަށް އަމުރުކޮށްފައި ވަނީ ޝަރީއަތުން ވަކި ގޮތެއް އަންގަންދެން އެމްއާރްއެމް އުވާލުމަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި
14 Oct 2026 ހަބަރު

ސްޕީޑް 100 އަށްވުރެ މަތީގައި ބަހައްޓައިގެން ޓިކްޓޮކް ކުޅުނު ސައިކަލު ޓޯވް ކޮށްފި

ސައިކަލުގެ ސްޕީޑް ގަޑިއަކު 100 ކިލޯމީޓަރަށްވުރެ މަތީގައި ބަހައްޓައިގެން ނުރައްކާތެރިކޮށް ދުއްވައި، ޓިކްޓޮކް ވީޑިއޯއެއް ހެދި މައްސަލައިގައި ހިމެނޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯވް ކޮށްފިއެވެ.

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ
14 Oct 2026 ހަބަރު

ތިލަމާލެ ބްރިޖުގެ އަދާހަމަ؛ ވިލިމާލެއާއި ގުޅިފަޅު ގުޅުވުމުގެ މަސައްކަތް މިމަހު ނިންމަނީ

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްތަލިބް ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ވިލިމާލެއާއި ގުޅިފަޅާ ދެމެދުގައި ނުގުޅި އޮތީ އެންމެ ސެގްމަންޓެއް ކަމަށެވެ. ބުރިޖުގެ ތަނބުތައް ގުޅާލާ ކޮންމެ ސެގްމަންޓަކީ ގުޅިފަޅުގެ ސައިޓުގައި ޕްރީ ފެބްރިކޭޓްކޮށް ގެނެސް ހަރުކުރާ ބައިތަކެކެވެ. މި ބުރިޖުގެ ދިގުމިނަކީ ގާތްގަނޑަކަށް 750 މީޓަރެވެ.

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 Oct 2026 ހަބަރު

އައްޑޫގައި ބާއްވާ "ބަލަދް ބަންގި މުބާރާތް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގެ ދަރިވަރުންނާއި ޒުވާނުންނަށް އަމާޒުކޮށްގެން އަލް ބަލަދް ޖަމްޢިއްޔާއިން އިންތިޒާމްކުރާ "ބަލަދް ބަންގި މުބާރާތް -1 )2026(" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 11 އިން 12 އަށެވެ.

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު
14 Oct 2026 ހަބަރު

ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ ބެލެހެއްޓުމުގެ ބާރަކަށް ނުދޭނެ: ސަރުކާރު

ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، އެއްވެސް ޙާލެއްގައި، ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން ނުދޭނޭކަމުގެ ޔަގީންކަން ސަރުކާރުން ދީފި އެވެ.

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި
14 Oct 2026 ހަބަރު

ދެކުނަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ )މެޓް އޮފީސް( އިން ހުދުސަމާލު ނެރެފިއެވެ.

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް
14 Oct 2026 ހަބަރު

ޖަރުމަނުގެ ކޮންސިއުލޭޓް ބަންދުކުރުމުން އެމްޑީޕީގެ ކަންބޮޑުވުން؛ މިއީ ބައިނަލްއަގުވާމީ ގުޅުންތަކަށް ސަރުކާރުން އިހުމާލުވާކަމުގެ ހެއްކެއް

މާލޭގައި ހުންނަ ޖަރުމަނުވިލާތުގެ އޮނަރަރީ ކޮންސިއުލޭޓް ބަންދުކުރުމާ ގުޅިގެން، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ( އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 Oct 2026 ހަބަރު

ގދ. ތިނަދޫގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެއްބަސްވުމާއެއްގޮތަށް ލޯނު ފައިސާ ނުދެއްކުމުން، ބޭންކަށް އެ ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި
12 Oct 2026 ހަބަރު

އެއްބަސްވުމާއެއްގޮތަށް ލޯނު ފައިސާ ނުދެއްކުމުން، ބޭންކަށް އެ ފައިސާ ދައްކަން ކޯޓުން ވަލީދާއަށް ޙުކުމްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ "ލުއި އެކްސްޕްރެސް" ލޯނެއްގެ ފައިސާ އާއި ކްރެޑިޓް ކާޑަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ދައްކާފައި ނުވާތީ އެފައިސާ ބޭންކަށް ދެއްކުމަށް ކުރީގެ ޑ...