ދެކުނުގެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި
ދެކުނުގެ ހަތަރު އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެެރެފައިވަނީ މިއަދު ހެނދުނު 8:45 އިން ފެށިގެން މެންދުރު ފަހު 14:45 އާ ހަމައަށް ގއ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ.
އެއިދާރާއިން ލަފާކޮށްފައިވަނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެކެވެ. ދަތުރުފަތުރު ކުރުމުގައި މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ކަމާއިބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ. މާލެއަށްވެސް މިހާރުވެސް ދަނީ ގަދަޔަށް ވައިޖެހި ވިއްސާރަކުރަމުންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް