ޑރ މުއިއްޒު އަލިފުއްޓަށް ވަޑައިގަތުމުން ސަޕޯޓަރުން ނިކުމެ ހޫނު މަރިހަބާއެއް ކިޔައިފި/ ފޮޓޯ: ޕީޕީއެމް
ޑރ މުއިއްޒު އަލިފުއްޓަށް ވަޑައިގަތުމުން ސަޕޯޓަރުން ނިކުމެ ހޫނު މަރިހަބާއެއް ކިޔައިފި/ ފޮޓޯ: ޕީޕީއެމް
ހަބަރު 29 Aug 2023 | 05:40

އަލިފުށިން ފޯރިގަދަ މަންޒަރެއް! ވާރޭތެރޭ ނިކުމެ ސަޕޯޓަރުން މުއިއްޒަށް މަރުހަބާ ކިޔައިފި!

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒަށް ރ އަތޮޅު އަލިފުށިން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ހުވަދުއަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑރ މުއިއްޒު ރ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ރ އަލިފުއްޓަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭރު އަލިފުއްޓަށް ދިޔައީ ބޯކޮށް ވާރޭ ވެހެމުންނެވެ.

އެހެން ނަމަވެސް ޑރ މުއިއްޒުގެ އިސްތިގުބާލުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން މާފަތިތައް ހިފައިގެން ތިބި މަންޒަރު ފެނިގެން ދިޔައެވެ. ޑރ މުއިއްޒު އެ ރަށަށް ވަޑައިގަތުމާއެކު ސަޕޯޓަރުން ވަނީ ވަރަށް ފޯރީގައި އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ.

ޑރ މުއިއްޒަށް އަލިފުށިން ހޫނު މަރުހަބާއެއް ކިޔައިފި 

ވާރޭ ވެހެމުން ދިޔަ އެ ވަގުތުގައި ވެސް ސަޕޯޓަރުން ގެންދިޔައީ ޑރ މުއިއްޒަށް ހިތްވަރުދީ، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހެދި މާފަތުތައް ކަރުގައި އަޅުވާ، އުފާ ފާޅުކޮށް ފޯރި ނަގަމުންނެވެ.

ޑރ މުއިއްޒުވަނީ އަލިފުއްޓަށް ވަޑައިގެން އެމަނިކުފާނުގެ އިސްތިގުބާލުގައި ތިބި އެންމެނާއި ސަލާންކޮށްފަ އެވެ.

އަލިފުއްޓަކީ ރ އަތޮޅަށް އެމަނިކުފާނު ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލެވެ. އެއާއެކު އަލިފުށިން ފެނިގެން ދިޔައީ ވަރަށް ފޯރިގަދަ މަންޒަރެކެވެ.

ޑރ މުއިއްޒަށް އަލިފުށިން ހޫނު މަރުހަބާއެއް ކިޔައިފި 

އެމަނިކުފާނު ރ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ 6 ރަށަކަށް ދިއުމަށް އޮތީ ހަމަޖެހިފައެވެ. އެއީ އަލިފުށީގެ އިތުރުން، މަޑުއްވަރި، މީދޫ، އުނގޫފާރު، ދުވާފަރާއި އިނގުރައިދޫއެވެ.

ރ އަތޮޅުގެ ބޮޑު ޖަލްސާ މިރޭ ދުވާފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާގައި ރ އަތޮޅަށް ޑރ މުއިއްޒުގެ ވެރިކަމެއްގައި ކޮށްދެއްވާނެ މުހިންމު ކަންތައްތަކާއި، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ ތަރައްގީގެ މުހިންމު މަސައްކަތްތައް އިއުލާނު ކުރައްވާނެ އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ފޯރިގަދަވަމުން އަންނައިރު، ޑރ މުއިއްޒު ވަނީ މި އިންތިޚާބު އެއްބުރުން އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކެމްޕޭނު ހަރަކާތްތައް ވަރުގަދަކޮށް ކުރިއަށް ގެންގޮސްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި
13 Oct 2026 ހަބަރު

އެސްއެސްސީ އިމްތިޙާނުގައި ޤުރުއާން އެސެސްކުރާ އުސޫލު ބަދަލުކުރުމަށް އެމްޑީޕީން ގޮވާލައިފި

އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޕާޓީގެ އެޑިއުކޭޝަން ކޮމިޓީގެ ފަރާތުން ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ، ސްކޫލުތަކުގައި ޤުރުއާން ކިޔަވައިދިނުމަކީ ނުހަނު މުހިންމު ކަމެއް ކަމަށާއި، ތަޢުލީމީ ޙަޔާތް ނިންމައި ނުކުންނައިރު ކޮންމެ ދަރިވަރަކަށްވެސް ރީތިކޮށް ޤުރުއާން ކިޔަވަން އެނގެންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޤައުމީ ފެންވަރުގެ ބޮޑު އިމްތިޙާނެއްގައި އެ މާއްދާއިން ދަރިވަރުން ވަޒަންކުރަން ކަނޑައަޅާފައިވާ ގޮތާމެދު ސުވާލު އުފެދޭ ކަމަށް

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ
13 Oct 2026 ހަބަރު

ސިވިލް ސަރވިސްއަށް މީހުން ހޮވުމުގެ ނިޒާމު ޒަމާނީކޮށް، ދެފުށް ފެންނަ ގޮތަށް ބަދަލުކުރަނީ

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމުގެ މަރުޙަލާތައް ހާމަކަން ބޮޑު، ދެފުށް ފެންނަ ޒަމާނީ އޮންލައިން ނިޒާމަކަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާކަން ސިވިލް ސަރވިސް ކޮމިޝަން )ސީއެސްސީ( އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ
13 Oct 2026 ހަބަރު

އެމްޓީސީސީން މެލޭޝިއާގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންފަރެންސްގައި ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ ބައިނަލްއަޤުވާމީ ތަޖުރިބާކާރުންނާއި އެކި ސިނާޢަތްތަކުގެ އިސް ވެރިން ބައިވެރިވިއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި
13 Oct 2026 ހަބަރު

ގަވާއިދާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކި ބަންގްލަދޭޝްގެ ތިން މީހަކު ހައްޔަރުކޮށްފި

މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ހިންގާ ފަރާތްތަކުގެ މަޢުލޫމާތު ރިޕޯޓުކުރުމަށް ޤާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި
13 Oct 2026 ހަބަރު

މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން ބުނީ އައު ރޭޓުތަކުގައި މަސް ގަންނަމުންދާނީ، ގދ. ތިނަދޫ، ޅ. ފެލިވަރު، ހއ. އިހަވަންދޫ، ލ. ހިތަދޫ އަދި މ. މުލަކު ބަނދަރުން ކަމަށެވެ.

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް
13 Oct 2026 ހަބަރު

ބޯޓުތައް ހިފެހެއްޓުމުން އިހުތިޖާޖުކުރަނީ، ރާއްޖެ ސަރަހައްދަށް ވަނީ ޤަވާއިދާ ހިލާފަށް

ކޯސްޓްގާޑުން ބުނީ މި މަސްބޯޓުތައް ހިފަހައްޓާފައިވަނީ، ރޭ، އަރިއަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުން ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ
13 Oct 2026 ހަބަރު

ބޭސްފަރުވާއަށް ވިއްކާ 1،000 ޑޮލަރު ދެން ލިބޭނީ ދިވެހީން އާންމުކޮށް ބޭސްފަރުވާ ހޯދާ ހަ ގައުމަށް ދާ ނަމަ: އެމްއެމްއޭ

އެ ހަ ގައުމަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު، އަދި ޔޫއޭއީ އެވެ. ބޭސްފަރުވާގެ ބޭނުމަށް ފޯރުކޮށްދޭ ބޭރު ފައިސާ ހަގީގަތުގައި ވެސް އެ ބޭނުމަށް ހަރަދުކުރެވޭކަން ކަށަވަރުކުރުމުގެ ގޮތުން މި ބަދަލު ގެނައީ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ޑޮލަރު ކުރިއެކޭ އެއްފަދައިން ދޫކުރާނީ ބޭންކުތައް މެދުވެރިކޮށެވެ.

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ
13 Oct 2026 ހަބަރު

ބަރު އުޅަނދުތައް ދުއްވުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ބަރު އުޅަނދު ދުއްވޭ ވަގުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ މަސައްކަތުގައި ވިޔަފާރިވެރިންނާ އެކު މަޝްވަރާ ކުރައްވާތާ މިހާރު ހަތަރު މަސް ފާއިތުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.