މޭޔަރު މުއިއްޒު ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރަތް ކުރަށްވައިފި
މާލޭގެ މޭޔަރު ޑރ މުޙައްމަދު މުޢިއްޒު މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ބުދަ ދުވަހު މޭޔަރު ޒިޔާރަތް ކުރައްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ ގާތަށެވެ. މި ޒިޔާރަތުގައި ދާއިރާގެ ކައުންސިލަރު އިބްރާހިމް މުޙައްމަދު އަދި މާލެ ސިޓީގެ ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގަނެފައެވެ.
ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ގޭގެއަށް ޒިޔާރަތް ކުރެއްވުމަކީ ކައުންސިލް އިންތިޚާބުގައި މޭޔަރު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދެކެވެ.
ސިޓީ ކައުންސިލުން ބުނީ މޭޔަރާ އަދި ކައުންސިލް މެންބަރުން ގޭގެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވަނީ ކައުންސިލުން އެކުލަވާލާފައި ވާ އެކަމަށް ޚާއްޞަ ތާވަލާ އެއްގޮތަށް ކަމަށެވެ. މިޒިޔާރަތުގެ ތެރެއިން ރައްޔިތުންގެ ފަރާތުން ފާހަގަ ކުރެވޭ ކަންކަން ރަސްމީކޮށް ނޯޓް ކުރެވި އެކަންކަމަށް ޙައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މޭޔަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް