ކޫއްޑޫގައި މަސައްކަތްކުރަން އުޅުނު މީހަކު 20 ފޫޓު މަތިން ޥެއްޓި އިތުރު ފަރުވާއަށް މާލެ ގެންނަނީ
މިފްކޯއިން ގއ. ކޫއްޑޫގައި ހިންގަމުން އަންނަ މަސް ފެކްޓްރީގައި މަސައްކަތް ކުރަން އުޅުނު މީހަކު 20 ފޫޓު މަތިންވެއްޓި ހާލު ސީރިއަސްވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ އިމާރާތުން ވެއްޓިފައިވަނީ އެ އިމާރާތުގެ ޓިނު ބަދަލުކުރުމުގެ މަސައްކަތުގައި އުޅެނިކޮށެވެ.
މިއަދު ހެނދުނު ހިނގި އެ ހާދިސާގައި އަނިޔާވި މީހާއަށް ގއ އަތޮޅު ހޮސްޕިޓަލުގެ ފަރުވާދެމުން އަންނައިރު، އިތުރު ފަރުވާއަށް އޭނާ މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިލިގިނލީ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވެފައިވަނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ ފިރިހެނަކަށެވެ. އޭނާ އިމާރާތުގެ މަތިން ވެއްޓުމުގެ ސަބަބުން ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް