ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު އިސްތިއުފާދެއްވައިފި
މިނިސްޓްރީ އޮފް ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ފިރުޒުލް ހުސެއިން ފިރާޒު މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފިރުޒުލް ވަނީ އިސްތިއުފާ ދެއްވިކަން ޓުވިޓާގައި މިއަދު ރަސްމީކޮށް އިއުލާނުކުރައްވާފައެވެ. އެހެން ނަމަވެސް އިސްތިއުފާ ދެއްވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނޫނެވެ.
ފިރިޒުލް މިއަދު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވީ، ފިނޭންސް މިނިސްޓަރު އަމީރު އާއި ފިނޭންސްގެ މުވައްޒަފުންނާއި އެކު މަސައްކަތް ކުރަން ލިބުނުކަމީ އުފާވާ ކަމެއް ކަމަށެވެ.
އަދި ހަމައެހެންމެ ސަރުކާރުގެ ތަރައްޤީގެ މަސައްކަތްތަކުގައި ސަރުކާރާއި ގުޅިގެން ގާތުން މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް