މާލީ ވަޒީރު، މަޖިލީހުގައި
މާލީ ވަޒީރު، މަޖިލީހުގައި
ހަބަރު 29 Oct 2026 | 02:40

ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު

ކުރިއަށްއޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު މެންދުރަށް ތާވަލްކޮށްފިއެވެ.

ރައްޔިތުން މަޖިލީޙުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 12 ވަނަ ޖަލްސާގެ އެޖެންޑާއަށް ބަލާއިރު، ބަޖެޓް ހުށަހެޅުމަށް ހަމަޖެހިފައިވާ މި ޖަލްސާ ތާވަލްކޮށްފައިވަނީ މެންދުރުފަހު 13:30 ގައެވެ.

އަންނަ އަހަރުގެ ބަޖެޓް މިއަދު ހުށަހެޅުމަށް މާލީ ވުޒާރާއިން ތައްޔާރުވަމުންދާއިރު، އެ ބަޖެޓްގައި އެންމެ ބޮޑު އިސްކަމެއްދެއްވާނީ މިހާރު ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ނިންމަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ މަސައްކަތްތައް ރައްޔިތުންނާ ހިއްސާކުރުމަށް ގެނެސްދޭ ނޭޝަން ޗެޓްގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، ފަށާފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ މަސައްކަތް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓްގައި އަމާޒުހިފާފައިވާނޭކަމަށެވެ. މީގެ އިތުރުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުވެސް އަންނަ އަހަރުގެ ބަޖެޓުން ފެނިގެންދާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިހިނގާ އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން މިއަހަރުގެ ބަޖެޓް ބޮޑަށް ހާއްސަވެގެން ދިޔައީ މީގެ ކުރިން ނަގާފައިވާ ބޭރުގެ ދަރަނިތައް އަނބުރާ ދެއްކުމަށެވެ. އެގޮތުން މިފަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން މިއަހަރުގެ ބަޖެޓް އެކުލަވާލީ ބޭރުގެ ހިލޭއެހީއަށް ބަރޯސާވާން ނުޖެހޭގޮތަށް ބަލައިގެންކަމަށްވެސް ފިނޭންސުން ވަނީ ބުނެފައެވެ.

ސަރުކާރުން މިއަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރިއިރު، އޭގެ ކުރީ 2025 ވަނަ އަހަރު ފާސްކޮށްފައިވަނީ، 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. 

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު
29 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު

ރަސްމާލޭގައި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އިޢްލާނުކޮށްފައިވާ މަޝްރޫޢާ ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް އެދިއްޖެ
29 Oct 2026 ހަބަރު

ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް އެދިއްޖެ

ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިއިރު، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްޢިއްޔާއިން ވަނީ މަޝްރޫޢުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިޢުލާންކޮށްފައެވެ.

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ
29 Oct 2026 ހަބަރު

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ

ވ. އަތޮޅުގައި ޑައިވިންގ އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު )އެމްއެންޑީއެފް( ގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތުގެ އަގުވަޒަންކޮށް، އިޓަލީވިލާތުގެ އެންމެ މަތީ ޝަރަފު 'ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ' އެރުވުމަށް އެ ޤައުމުން ނިންމައިފިއެވެ.

ވަކި ގައުމެއްގެ، "ޕަޕެޓަކަށް" ވުމުގެ ސިޔާސަތު މަޑުމަޑުން ފަސްލައި، ވަޅުލައި ނިންމައިފިން: ރައީސް
28 Oct 2026 ހަބަރު

ވަކި ގައުމެއްގެ، "ޕަޕެޓަކަށް" ވުމުގެ ސިޔާސަތު މަޑުމަޑުން ފަސްލައި، ވަޅުލައި ނިންމައިފިން: ރައީސް

އަދި ވިދާޅުވީ އެ ސިޔާސަތު މިދިޔަ ތިން އަހަރު ތެރޭ މަޑުމަޑުން ފަސްލައި، މިހާރު އޮތީ ވަޅުލައި ނިންމާފައި ކަމުގައި ވިދާޅުވި އެވެ.

ގޯއްޗަށްލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް ރަސްމާލޭން ބިން ލިބޭނެ، އެވަރަށް ބިން އެބައޮތް: ރައީސް
28 Oct 2026 ހަބަރު

ގޯއްޗަށްލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް ރަސްމާލޭން ބިން ލިބޭނެ، އެވަރަށް ބިން އެބައޮތް: ރައީސް

ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން އެބައޮތްކަންވެސް، ޕޮޑްކާސްޓްގެ މި އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސަލާމަތީ ސަބަބުތަކަކަށްޓަކައި، މާދަމާ ފުރަން އޮތް މޯލްޑިވިއަންގެ ޖިއްދާ ފްލައިޓް ފަސްކޮށްފި
28 Oct 2026 ހަބަރު

ސަލާމަތީ ސަބަބުތަކަކަށްޓަކައި، މާދަމާ ފުރަން އޮތް މޯލްޑިވިއަންގެ ޖިއްދާ ފްލައިޓް ފަސްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުން ދިއުމުގެ ސަބަބުން، ބައެއް އެއާލައިންތަކުން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.

ހަރަދުކުޑަކުރަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަނީ
28 Oct 2026 ހަބަރު

ހަރަދުކުޑަކުރަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަނީ

މިއީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދު ކުޑަކުރުމަށްޓަކައި، ނިންމެވި ނިންމެވުކެވެ.