ކުރީގެ ރައީސް ޔާމީން- ފޮޓޯ/ ޕީއެންއެފް
ކުރީގެ ރައީސް ޔާމީން- ފޮޓޯ/ ޕީއެންއެފް
ހަބަރު 29 Oct 2026 | 05:23

ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، ބައެއް ކަންކަން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ރ. ފުއްގިރި ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނެންގެވި ކަމަށް ބުނެ ދައުލަތުން ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިނގަމުންދާ ދައުވާތަކުގެ ތެރެއިން ބައެއް ކަންކަން އެ މަނިކުފާނުގެ ފަރާތްޕުޅުން އިއްޔެ ހައިކޯޓުގައި އިސްތިއުނާފުކުރައްވައިފިއެވެ.

ދައުލަތުން ޔާމީންގެ މައްޗަށް މި މައްސަލައިގައި އުފުލައިފައިވަނީ ރިޝްވަތު ޤަބޫލުކުރެއްވުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި ދައުވާތަކާ ގުޅިގެން ހުކުމް އިއްވުމަށް އިއްޔެ ތާވަލުކޮށްފައި ވީ ނަމަވެސް، އެ ޝަރީޢަތުގެ ހުކުމް ކުރުން ވަނީ ފަސްކޮށްފައެވެ.

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ޔާމީންގެ ފަރާތްޕުޅުން ބައެއް ކަންކަން އެ ކޯޓަށް ހުށަހެޅުއްވީ އިއްޔެއެވެ. އެހެން ނަމަވެސް، ހައިކޯޓަށް ހުށަހެޅުއްވި ކަންކަމުގެ ތަފުސީލު ސާފެއް ނުވެއެވެ. މި ހުށަހެޅުއްވުންތައް ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.

ފުއްގިރި މުއާމަލާތަކީ ރައީސް ޔާމީނަށް ނާޖާއިޒު ގޮތުގައި ފައިސާ ހޯދުމުގެ މަގުސަތުގައި ކުރިއަށް ގެންދި މުއާމަލާތެއް ކަމަށާއި އެ މުއާމަލާތުން ލިބުނު ފައިސާ ޕާޓީއަށާއި ޔާމީނަށް ލިބޭ ގޮތަށް މުއާމަލާތް ހިންގަން މަސައްކަތްކުރި ކަމަށް ދައުލަތުން ބުނެއެވެ.

އެހެންނަމަވެސް، ރައީސް ޔާމީންގެ ފަރާތްޕުޅުން ބުނެފައިވަނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ ޑޮލަރު މާރުކުރުމުގެ ސައްހަ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު
29 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުއާ ގުޅިގެން ހުށަހެޅި ކަންކަމަށް ރިޢާޔަތްކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވި: ސަލަފްގެ ތަރުޖަމާނު

ރަސްމާލޭގައި ކުރިޔަށް ގެންދިޔުމަށް ސަރުކާރުން އިޢްލާނުކޮށްފައިވާ މަޝްރޫޢާ ގުޅޭގޮތުން ޖަމްޢިއްޔަތުއްސަލަފުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާފައިވާކަމަށް އެ ޖަމިއްޔާގެ ތަރުޖަމާނު އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ
29 Oct 2026 ހަބަރު

ހުޅުމާލޭ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަނީ

ރޭގެ ވަގުތެއްގައި ހުޅުމާލޭގެ ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް ވަނީ ދައްކާފައެވެ.

ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ސަލަފްއިން އެދިއްޖެ
29 Oct 2026 ހަބަރު

ބޭރުގެ މަޝްރޫޢުތައް އެކަށައެޅުމުގައި ކަށަވަރުކުރަންޖެހޭ މައިގަނޑު 8 ކަމަކަށް ރިޢާޔަތް ކުރުމަށް ސަލަފްއިން އެދިއްޖެ

ސަރުކާރުން އިޢުލާންކޮށްފައިވާ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކެއް ހުރިއިރު، މިދިޔަ ސެޕްޓެމްބަރ މަހުގެ 28ވަނަ ދުވަހު، އެ ޖަމްޢިއްޔާއިން ވަނީ މަޝްރޫޢުއާ ގުޅޭގޮތުން ދިރާސާ ކުރަމުންދާކަން އިޢުލާންކޮށްފައެވެ.

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ
29 Oct 2026 ހަބަރު

އިޓަލީ ފަތުރުވެރިން ހޯދުމުގެ ތެރޭގައި ނިޔާވި މަހުދީއަށް އިޓަލީގެ އެންމެ މަތީ ޝަރަފު އަރުވަނީ

ވ. އަތޮޅުގައި ޑައިވިންގ އަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ޑައިވަރުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު )އެމްއެންޑީއެފް( ގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ޚިދުމަތުގެ އަގުވަޒަންކޮށް، އިޓަލީވިލާތުގެ އެންމެ މަތީ ޝަރަފު 'ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ' އެރުވުމަށް އެ ޤައުމުން ނިންމައިފިއެވެ.

ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު
29 Oct 2026 ހަބަރު

ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން މިއަދު

ސަރުކާރުން މިހިނގާ އަހަރަށް ލަފާކޮށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެގޮތުން މިއަހަރުގެ ބަޖެޓް ބޮޑަށް ހާއްސަވެގެން ދިޔައީ މީގެ ކުރިން ނަގާފައިވާ ބޭރުގެ ދަރަނިތައް އަނބުރާ ދެއްކުމަށެވެ.

ވަކި ގައުމެއްގެ، "ޕަޕެޓަކަށް" ވުމުގެ ސިޔާސަތު މަޑުމަޑުން ފަސްލައި، ވަޅުލައި ނިންމައިފިން: ރައީސް
28 Oct 2026 ހަބަރު

ވަކި ގައުމެއްގެ، "ޕަޕެޓަކަށް" ވުމުގެ ސިޔާސަތު މަޑުމަޑުން ފަސްލައި، ވަޅުލައި ނިންމައިފިން: ރައީސް

އަދި ވިދާޅުވީ އެ ސިޔާސަތު މިދިޔަ ތިން އަހަރު ތެރޭ މަޑުމަޑުން ފަސްލައި، މިހާރު އޮތީ ވަޅުލައި ނިންމާފައި ކަމުގައި ވިދާޅުވި އެވެ.

ގޯއްޗަށްލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް ރަސްމާލޭން ބިން ލިބޭނެ، އެވަރަށް ބިން އެބައޮތް: ރައީސް
28 Oct 2026 ހަބަރު

ގޯއްޗަށްލީ މީހުންގެ ތެރެއިން ޝަރުތުހަމަވާ އެންމެނަށް ރަސްމާލޭން ބިން ލިބޭނެ، އެވަރަށް ބިން އެބައޮތް: ރައީސް

ރަސްމާލެއިން ބޯހިޔާވަހިކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ހުރިހާ ގިންތިއަކުން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން އެބައޮތްކަންވެސް، ޕޮޑްކާސްޓްގެ މި އެޕިސޯޑްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ސަލާމަތީ ސަބަބުތަކަކަށްޓަކައި، މާދަމާ ފުރަން އޮތް މޯލްޑިވިއަންގެ ޖިއްދާ ފްލައިޓް ފަސްކޮށްފި
28 Oct 2026 ހަބަރު

ސަލާމަތީ ސަބަބުތަކަކަށްޓަކައި، މާދަމާ ފުރަން އޮތް މޯލްޑިވިއަންގެ ޖިއްދާ ފްލައިޓް ފަސްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވަމުން ދިއުމުގެ ސަބަބުން، ބައެއް އެއާލައިންތަކުން މިހާރު ވަނީ ސައުދީ އަރަބިއްޔާއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.