ފޮޓޯ: އެމްއެންޔޫ
ފޮޓޯ: އެމްއެންޔޫ
ހަބަރު 29 Oct 2026 | 11:32

ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމަށް ކުދި ޖަޒީރާ ޤައުމުތަކުން އޭއައިގެ ބޭނުންހިފަންޖެހޭ: އެމްއެންޔޫގެ ވައިސް ޗާންސެލަރ

ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ޖިއޮގްރަފީ ގޮންޖެހުންތަކުން އަރައިގަނެ، އެންމެން ޝާމިލުވާ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސަލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ 2026 އޮކްޓޫބަރު 28 ވީ ބުދަ ދުވަހު ބޭއްވުނު "13 ވަނަ އެލް.އެސް.އެމް.އީ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އޭ.އައި އެންޑް ކޮލިޓީ އޮފް އެޑިޔުކޭޝަން" ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ލަންޑަން ސްކޫލް އޮފް މެނޭޖްމަންޓް އެޑިޔުކޭޝަން (އެލް.އެސް.އެމް.އީ) އިން އިންތިޒާމުކުރި މި ކޮންފަރެންސަކީ، އުނގަންނައިދިނުމާއި ދިރާސާކުރުމުގެ ދާއިރާގައި އޭ.އައިގެ ދައުރު ހަލުވިކަމާއެކު ފުޅާވަމުން އަންނަ މި ދަނޑިވަޅުގައި، އޭގެ ސަބަބުން ލިބޭ ފުރުޞަތުތަކާއި އުފެދޭ ޒިންމާތަކާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ޑރ. ޝެހެނާޒް ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމީ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ހަމަހަމަކަން ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ތަޢުލީމުގެ މުސްތަޤުބަލު ބިނާވާންވާނީ ޤައުމެއްގެ ބޮޑުމިނަކަށް، މުއައްސަސާއެއްގެ މުއްސަނދިކަމަކަށް ނުވަތަ ކުއްޖަކު އުފަންވި ރަށަކަށް ނޫންކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް ވާންވާނީ މިފަދަ ހުރަސްތައް ނައްތާލާ ވަސީލަތަކަށް ކަމަށާއި، ޖިއޮގްރަފީ ގޮތުން ކުއްޖަކު ހުރި ތަނެއްގެ ސަބަބުން އެ ކުއްޖެއްގެ ހުނަރާއި ޤާބިލިއްޔަތަށް އެއްވެސް ހުރަހެއް އެޅިގެން ނުވާނެ ކަމަށެވެ.

ރާއްޖޭގެ ޙާލަތަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވިދާޅުވީ، ވެރިރަށް މާލެއެކޭ އެއްފަދައިން ރާއްޖޭގެ އެކި އަތޮޅުތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންގެ ކިބައިގައިވެސް މަތީ ހުނަރާއި އުންމީދުތައް އެބަހުރި ކަމަށެވެ. ނަމަވެސް، ޚާއްޞަ މުދައްރިސުންނާއި، ޒަމާނީ ލެބޯޓްރީތަކާއި ކުތުބުޚާނާތައް ފަދަ ތަޢުލީމީ އަސާސީ ވަސީލަތްތައް ހޯދުމުގައި އެ ދަރިވަރުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން، އޭ.އައި ޓެކްނޮލޮޖީ މެދުވެރިކޮށް ކޮންމެ ކުއްޖެއްގެ ވަކިވަކި ބޭނުންތަކަށް ރިޢާޔަތްކޮށް، އުނގެނުމުގެ ފުރުޞަތު ފަހިކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި، އިތުބާރުހުރި އިންޓަރނެޓްގެ ޚިދުމަތާއި، ޑިޖިޓަލް ވަސީލަތްތަކުގެ އިތުރުން މުދައްރިސުން ޒަމާނީ ގޮތުން ތަމްރީނުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހޭކަމަށްވެސް އެކަމަނާ ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، އައު ޓެކްނޮލޮޖީތައް ތަރައްޤީކުރާއިރު ދިވެހިބަސް ފަދަ ކުދި ބަސްތަކާއި ސަގާފަތްތައް އޭގެ ތެރޭގައި ހިމެނޭކަން ކަށަވަރުކުރުމަށްޓަކައި އިތުރު ދިރާސާތައް ކުރުމަށް ޑރ. ޝެހެނާޒް ބާރުއެޅުއްވިއެވެ. ހަމައެއާއެކު، އޭ.އައިގެ ބޭނުން ހިފަންވާނީ އުފެއްދުންތެރިކަމާއި އަޚްލާޤީ ހަމަތަކުގެ ތެރެއިން ޒިންމާދާރުކަމާއެކުކަން ހަނދާންކޮށްދެއްވަމުން އެކަމަނާ ވިދާޅުވީ، "އޭ.އައިގެ ސަބަބުން އަޅުގަނޑުމެން ހުނަރުވެރި މުދައްރިސުންނަށް ވެދާނެ. ނަމަވެސް، އަޅުގަނޑުމެން މޮޅު މުދައްރިސުންނަށް ވަނީ އަޅުގަނޑުމެންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުކަމާއި، އޯގާތެރިކަމާއި ދަރިވަރުންނާ އޮންނަ ގުޅުމުގެ ސަބަބުން،" ކަމަށެވެ.

މި ސެޝަންގެ ރިޔާސަތު ބެލެހެއްޓެވީ ޔުނިވަރސިޓީ އޮފް ގްލާސްގޯގެ ޕްރޮފެސަރ ސްޓީވަން މެކްކިނީއެވެ. މި ބައްދަލުވުމުގައި ކޮންފަރެންސް ކޮންވީނަރ ޑރ. ރަވީ ކުމާރު، މެލޭޝިޔާގެ ބައިނަރީ ޔުނިވަރސިޓީގެ ޕްރޮފެސަރ އާސިފް މަޙްބޫބް ކަރީމް އަދި ނޯވޭގެ ނޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރ ޕީޓަރ ގްރޭވެސް ވަނީ މައުޟޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ޖަލްސާގެ ތެރެއިން "އެލް.އެސް.އެމް.އީ ރިސާޗް ބުކް 2026" ނެރެދެއްވީ އެ މުއައްސަސާގެ ޕްރިންސިޕަލް ޑރ. ސަރިތާ ޕަރްހީއެވެ.

ޑރ. ޝެހެނާޒްގެ ވާހަކަފުޅު ނިންމަވާލެއްވީ، މި ކޮންފަރެންސް އިންތިޒާމުކުރި އެންމެހައި ފަރާތްތަކަށް، ޚާއްޞަކޮށް ޗީފް ރިސާޗް އެންޑް އިނޮވޭޝަންސް އޮފިސަރ އަލްފާޟިލް ޙަސަން ޝިފާއުއަށް ޝުކުރު އަދާކުރައްވަމުންނެވެ. އަދި ޢިލްމީ ދިރާސާތަކާއި އައު އީޖާދުތަކަކީ އެންމެންނަށްވެސް ފަސޭހަކަމާއެކު ވާސިލުވެވޭނެ، މާނަވީ ވަސީލަތްތަކަކަށް ހެދުމަށްޓަކައި ބައިނަލްއަޤުވާމީ ފެންވަރުގައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި
02 Nov 2026 ހަބަރު

ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭރު ޤައުމުތަކުގެ ކަސްޓަމަރުންގެ އަތުން އެމެރިކާ ޑޮލަރުން ފައިސާ ބަލައިގަނެވޭނެ މަގު ފަހިކޮށްދީ، އެ ޚިދުމަތަށް އެދުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއްޔެ ހުޅުވާލައިފިއެވެ.

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި
02 Nov 2026 ހަބަރު

ދިވެހި ރައްޔިތުންގެ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީގެ އާ އޮފީސް އިމާރާތް ހުޅުވައިފި

އެމްޓީޑީސީ ޓަވަރުގައި 10 ފަންގިފިލާ ހިމެނޭއިރު، އެ ޓަވަރު ތަރައްޤީކުރަނީ ވިޔަފާރީގެ އުސޫލުން ފަންގިފިލާތައް ކުއްޔަށްދޭ ގޮތަށެވެ. މި އިމާރާތުގައި ޕާކިންގެ އިތުރުން ކެފޭ އަކާއި، ކޮންވެންޝަން ހޯލެއް ހިމެނެއެވެ. މީގެ އިތުރުން މި އިމާރާތުގެ އެހެނިހެން ފަންގިފިލާތައް ހާއްސަކޮށްފައިވަނީ، ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭނެ އޮފީސް ޖާގަތައް ހިމެނޭގޮތަށެވެ.

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް
31 Oct 2026 ހަބަރު

މަތީ ތަޢުލީމަކީ ހަމައެކަނި ފަންނީ ޢިލްމާއި ހުނަރު ލިބިގަތުން ނޫން، އެއީ އެ ޢިލްމުގެ ބޭނުންކޮށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދިނުން: ޑރ.ޝެހެނާޒް

އެމްއެންޔޫގެ ދެވަނަ ޓާމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި، ފެންވަރު ރަނގަޅު ތަޢުލީމާއި އަޚުލާޤީ ލީޑަރޝިޕާއި މުޖުތަމަޢަށް ޚިދުމަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅޫވާލައްވައި ވާހަކަފުޅު ދައްކަވަމުން ޑރ.ޝެހެނާޡް ވިދާޅުވީ، ލިބިފައިވާ ތަޢުލީމަކީ ހަމައެކަނި ޒާތީ ފައިދާއަށް ނޫން ކަމަށާއި، އެއީ މުޅި މުޖުތަމަޢަށް ޚިދުމަތްކުރުމަށް ވެވޭ ވަޢުދެއް ކަމަށެވެ. އަދި އެއީ ފާޑުކިޔުންތެރި ވިސްނުމާއި ހުޅުވާލެވިފައިވާ ސިކުނޑިއެއްގެ ބޭނުންތެރިކަމެއްކަން ފާހަގަކުރެއްވިއެވެ.

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި
26 Oct 2026 ހަބަރު

ސިއްހީ ތައުލީމު ކުރިއެރުވުމަށް އެމްއެންޔޫއިން ޕާކިސްތާނުގެ ޔުނިވާސިޓީއަކާ ގުޅިގެން ކޮންފަރެންސެއް ބާއްވައިފި

މި ކޮންފަރެންސުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސިއްހީ ދާއިރާގެ މުދައްރިސުންނާއި، ދިރާސާކުރާ ފަރާތްތަކާއި، ސިއްހީ ޚިދުމަތްތެރިންނާއި އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.