މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތުގައި މީހަކު ހިފަހައްޓަން އުޅުނު ފުލުހަކަށް ހަމަލާދީފި!
މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތު ކުރެވޭ މީހަކު ހިފަހައްޓަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި މިހާދިސާ ހިނގީ ރޭ 8:19 ހާއިރު ޖަނަވަރީ މަގުގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންތަކަށް، މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވުނު މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެފައި ވާކަމަށެވެ.
ފުލުސް އޮފިސަރަށް ލިބުނު އަނިޔާގެ ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ 37 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.
މީގެ ކުރިންވެސް މިފަދަ ކަންކަމުގައި މީހުން ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ފުލުހުންނަށް ހަމަލާދީފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް