މިއޮތީ ސިއްހަތަށް ފައިދާހުރި އޮށްކަދޫ ސްމޫތީ ތައްޔާރު ކޮށްލާނެ ގޮތް!
އޮށްކަދޫ ސްމޫތީ އަކީ ހެނދުނު ސަޔަށް ވިޔަސް، މެންދުރު ކެއުމާއެކު ވިޔަސް ނޫނީ ހަވީރާއި ރޭގަނޑު ބޯލަންވެސް ރަނގަޅު ސިއްހަތަށް ފައިދާ ހުރި މީރު ބުއިމެކެވެ. އަދި މިއީ ތައްޔާރު ކޮށްލަންވެސް ވަރަށް ފަސޭހަ ބުއިމެކެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޑައިޓް ޖައްސާ މީހުންނަށްވެސް ބޯލަން ކަމުދާނެ ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި
1 ދޮންކެޔޮ (ކޮށާފައި ފްރީޒް ކޮށްފައި)
1 ޖޯޑް އަން-ސްވީޓެންޑް އަލްމަންޑް މިލްކް (ބޭނުން ނަމަ އާދައިގެ ފުލްކްރީމް މިލްކް)
1 ދޮންވެފައި އޮތް އޮށްކަދޫ (އެވަކާޑޯ)
3 ސައި ސަމުސާ މާމުއި
1 ޕެޝަން ފުރުޓް (ބޭނުން ނަމަ)
އައިސް ކިޔުބު
ތައްޔާރުކުރާނެ ގޮތް
1) އައިސް ކިޔުބު ފިޔަވައި ދެން ހުރި ހުރިހާ ތަކެއްޗެއް މިކްސަރުން ރަނގަޅަށް މުގުރާލާށެވެ. ފޮނި މަޑު ނަމަ އިތުރަށް މާމުއި ނުވަތަ ހަކުރު އެޅިދާނެ އެވެ.
2) ދެން ތައްޓަކަށް ސްމޫތީ އަޅާލުމަށްފަހު ބޭނުން ވަރަކަށް އައިސް ކިޔުބު އަޅާލާނީއެވެ. އޮށްކަދޫ ސްމޫތީ އެހުރީ ތައްޔާރުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް