ބަންޑުން ޖަހާލި ކޮޅުވެއްޓި- ފޮޓޯ/ އެމްއެންޑީއެފް
ބަންޑުން ޖަހާލި ކޮޅުވެއްޓި- ފޮޓޯ/ އެމްއެންޑީއެފް
ހަބަރު 02 Aug 2026 | 09:55

ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ

ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން (ކޮޅުވެއްޓި) ގެއްލިގެން ހޯދަމުންދާ ދެ މީހުން ފެނޭތޯ އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި، ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، ކޯސްޓްގާޑާއި އެމްއެންޑީއެފް އެއަރ ކޯރ ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ވަނީ ބަލާފައެވެ. މީގެ އިތުރުން، ކޯސްޓްގާޑްގެ ޑައިވަރުން ވަނީ އެލްސީވީ އަޑިޔަށްދިޔަ ސަރަހައްދު ޑައިވްކޮށްގެންވެސް ބަލާފައެވެ.

މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް 'އިމާދުއްދީން' އާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދެ މީހުން އަދި ފެނިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރުއެވެ. އެ ވަގުތު ކޮޅުވެއްޓީގައި ޖުމްލަ 10 މީހުން ތިއްބެވެ. އެއީ 2 ދިވެހިންނާއި 8 ބިދޭސީންނެވެ. މީގެ ތެރެއިން ގެއްލިގެން ހޯދަމުންދަނީ ދެ ބިދޭސީންނެވެ.

ހާދިސާގައި ސަލާމަތްވި 8 މީހުން ގާފަރަށް ގެންގޮސްފައިވާއިރު، އެ މީހުންގެ ހާލު ރަނގަޅު ކަމަށް ގާފަރު ކައުންސިލުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ
22 Nov 2026 ހަބަރު

އުމްރާއަށް ގެންދާނެ ކަމަށް ބުނެ އަސްކޮއެ ގުރޫޕުން 109 މީހަކަށް ލަނޑުދިން މައްސަލަ: ދައުވާކޮށްދޭން އެދިއްޖެ

އެ ފައިސާގެ އަދަދު 2،660،300ރ (ދެމިލިއަން ހަލައްކަ ފަސްދޮޅަސް ހާސް ތިންސަތޭކަ ރުފިޔާ) އަށް އަރަ އެވެ.

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި
22 Nov 2026 ހަބަރު

ކަސްޓަމްސްގެ އޮޕަރޭޝަންތަކުގައި ސަވައިލަންސް ޑްރޯން އާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފި

މި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާއިން ހަދިޔާކޮށްފައިވާ ވަސީލަތެކެވެ.

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި
22 Nov 2026 ހަބަރު

އެފްޑީސީއަށް ހުށަހެޅުނު މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި ޝަކުވާތަކާއި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްދީފިއެވެ.

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި
22 Nov 2026 ހަބަރު

ޝާހިދު ބަންދުކުރަން ކުރި އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި

18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ހައިކޯޓުން ތާއީދު ކޮށްފިއެވެ.

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ
22 Nov 2026 ހަބަރު

ރާއްޖެއިން ފުރަތަމަ ފަހަރަށް "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" ދޫނި ފެނިއްޖެ

ދިވެހިރާއްޖެއިން މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ދޫނީގެ ބާވަތެއް ކަމަށްވާ "ރުފަސް-ޓެއިލްޑް ރޮކް ތުރަޝް" މ. މުލި އިން ފެނިއްޖެއެވެ.

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި
22 Nov 2026 ހަބަރު

އަލިފާން ނިއްވުމާ ގުޅޭ އަސްކަރީ ތަމްރީންތަކެއް މާލެ ސަރަހައްދުގައި ފަށައިފި

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވުމުގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން، އެމްއެންޑީއެފުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން އަލިފާން ނިއްވުމުގެ ހާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިއެވެ.

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް
22 Nov 2026 ހަބަރު

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން ޒިހާންގެ ބަންދަށް އިތުރު 16 ދުވަސް

ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހުމަށް ހިތްވަރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ޒިހާން ހަސަންގެ ބަންދަށް އިތުރު 16 ދުވަސް ކޯޓުން ޖަހައި، ޖުމްލަ 45 ދުވަހަށް ބަންދުގެ މުއްދަތު އިތުރުވެއްޖެއެވެ.

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ
21 Nov 2026 ހަބަރު

ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ހަވާ އަރުވަނީ

މިކަމާ ގުޅިގެން އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހުޅުމާލެ ފޭސް 2 ސަރަހައްދުގައި މިރޭ ވިޔަފާރީގެ އުސޫލުން ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.