ދިވެހި ހާޖީން އަރަފާތަށް ދަތުރު ފަށައިފި، އިރުއެރުމުގެ ކުރީން ދެވޭނެ
ދިވެހި ޙައްޖުވެރިން ޢަރަފާތަށް ދިއުމަށް މިހާރު ވަނީ ދަތުރު ފަށާފައިވާ ކަމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކޯޕަރޭޝަނުން މިރޭ ބުނީ ޖުމްލަ 22 ބަހުގައި ޙައްޖުވެރިން މިނާއިން ޢަރަފާތަށް ދަތުރުކުރަމުންދާ ކަމަށެވެ. އަދި ކޯޕަރޭޝަނުން މަސައްކަތް ކުރަނީ އިރުއެރުމުގެ ކުރިން ހުރިހާ ޙައްޖުވެރިންވެރިން ވެސް ޢަރަފާތަށް ގެންދިއުމަށް ކަމަށް ވަނީ ބުނެފަ އެވެ.
އަރަފާތުގައި ހުރުމަކީ ހައްޖުގެ އެންމެ މުހިންމު ރުކުނެވެ. އަރަފާތުގައި ނުހުރެވުނު މީހަކަށް ހައްޖެއް ނުވެ އެވެ.
ދިވެހި ހާޖީންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ހައްޖު ކޯޕަރޭޝަނުން ގިނަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް