ތިން އަހަރު ފަހުން އަދީބްގެ ޓްވީޓެއް: އަނބިކަނބަލުންނަށް ލޯބީގެ ލަވައެއް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި ހުންނަވާތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން ކުރެއްވި ފުރަތަމަ ޓްވީޓް، އަނބިކަނބަލުން މަރިޔަމް ނަޝްވާއަށް ޚާއްސަކުރައްވައިފިއެވެ.
އަދީބު މިރޭ ކުރެއްވި ޓްވީޓެއްގައި އެބޭފުޅާ ވަނީ އަނބިކަނބަލުން ނަޝްވާއަށް ލޯބީގެ ލަވައެއް ވިދާޅުވެދެއްވާ ވީޑިޔޯއެއް އަޕްލޯޑްކުރައްވާފައެވެ. މި ޓްވީޓްގައި އަދީބު ވިދާޅުވީ، މި ލަވައަކީ ދޫނިދޫ ޖަލުގައި އޮންނަވަނިކޮށް އަޑު އިވި ވަޑައިގެންނެވި ލަަވައެއް ކަމަށާއި، މި ލަވަ ޚާއްސަކުރަނީ އަނބިކަނބަލުން މަރިޔަމް ނަޝްވާއަށް ކަމަށެވެ.
އަދި ނަޝްވާއަކީ މުޅި ދުނިޔެއާއި ދެކޮޅަށް، އަދީބުގެ އަރިހުގައި ހުންނަވާ އަދީބުގެ ހައްގުގައި ހަނގުރާމަ ކުރެއްވި ބޭކަނބަލެއްގެ ގޮތުގައި އަދީބު ވަނީ ނަޝްވާ ސިފަކުރައްވާފައެވެ.
I heard this song in Dhoonidhoo Jail. Its a beautiful love song that I dedicate to my loving wife Nash. I am sharing this with the world as Nash stood by me and fought for me against the whole world. I am so in love with you & want to grow old with you @maryam_nashwa ❤️ pic.twitter.com/xtuOhqDod7
— Ahmed Adeeb (@Ahmed_Adeeb) December 1, 2018
ބޭސްފަރުވާއަށްފަހު ގޭބަންދުގައި ބަހައްޓައިގެން އިތުރުފަރުވާ ދިނުމަށް އަދީބު މިވަގުތު ހުންނެވީ އަނބިކަނބަލުންގެ ގެކޮޅުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް