އުޝާމް އާއި ރައީސް ޔާމީން
އުޝާމް އާއި ރައީސް ޔާމީން
ހަބަރު 29 Sep 2026 | 09:29

އުޝާމް، ރައީސް ޔާމީންއަށް: ރިޒޯޓުތައް ކުއްޔަށްދޭ މުއްދަތު 99 އަހަރަށް ބަދަލުކުރީ މަނިކުފާނުގެ ވެރިކަމުގައި

ޓޫރިސްޓް ރިޒޯޓުތައް ކުއްޔަށް ދޫކުރާ މުއްދަތު 99 އަހަރަށް އިތުރުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށް ވިދާޅުވެ، ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތަކަށް ބަންޑާރަނައިބު އަހުމަދު އުޝާމް ރައްދުދެއްވައިފިއެވެ.

ރޭ ބޭއްވި ޕީއެންއެފް ޖަލްސާގައި ވާހަކަދައްކަވަމުން، ރަސްމާލެ 99 އަހަރަށް ބޭރުގެ ބަޔަކަށް ދިނުމަކީ ދާއިމީކޮށް އެ ބިން ވިއްކާލުން ކަމަށާއި އެކަން ހުއްޓާނުލައިފި ނަމަ ސަރުކާރު ބަދަލުވުުމާއެކު އެކަމުގައި ބައިވެރިވި ސަރުކާރުގެ އިސްވެރިންނަށް އަދަބުދޭނެ ކަމުގެ އިންޒާރު ރައީސް ޔާމީން ވަނީ ދެއްވާފައެވެ.

އެއަށް ރައްދު ދެއްވައި އުޝާމް ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމާ ބެހޭ ޤާނޫނެއް ފުރަތަމަ ފަހަރަށް އެކުލަވައިލީ 1999 ވަނަ އަހަރު ކަމަށާއި އެ ޤާނޫނުގެ ދަށުން ރިޒޯޓުތައް ކުއްޔަށް ދޫކުރެވެމުން ދިޔައީ ގިނަވެގެން 25 އަހަރުގެ މުއްދަތަށް ކަމަށެވެ. އެ މުއްދަތު 50 އަހަރަށް ދިގުދެންމީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ދައުރުގައި ގެނައި އިސްލާޙަކުން ކަމަށާ އެއަށް ފަހު 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި 99 އަހަރަށް މުއްދަތު އިތުރުކޮށްފައިވާކަން އުޝާމް ފާހަގަކުރެއްވިއެވެ.

ޓޫރިޒަމާ ބެހޭ ޤާނޫނުގެ އަށް ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން 99 އަހަރުގެ ކުއްޔެއްގެ މުއްދަތު ހަމަވެއްޖެނަމަ އެ ރަށެއްގައި ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގުން ކުލި ކެނޑުމަށް ފަހު ބާކީ ޖެހޭ އަދަދު އިންވެސްޓަރަށް ސަރުކާރުން އަދާކުރަން ޖެހެއެވެ.

ރަސްމާލެ މަޝްރޫޢުގެ ވާހަކައަށް އިޝާރާތްކުރައްވައި އުޝާމް ވިދާޅުވީ އެ މަޝްރޫޢު ހިނގާނީ މިހާރު އެކުލަވައިލަމުން އަންނަ ރިއަލް އެސްޓޭޓް ޤާނޫނުގެ ދަށުން ކަމަށެވެ. މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި ލެޓާ އޮފް އިންޓެންޓް އެބަހީ ކޮމާޝަލް ޓާމްސް އެގްރީމެންޓެއްގައި ކަމަށާއި މަޝްރޫޢު ފެށުމުގެ ކުރިން އެ ޓާމްސްތަކުގެ މައްޗަށް ބިނާކޮށް އިތުރު މަޝްވަރާކުރެވި ޑެފިނިޓިވް އެގްރީމެންޓްތަކެއްގައި ސޮއިކުރަން ޖެހޭނެ ކަމަށާއި އެކަމާ ގުޅުން ހުރި ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.