ހަތިޔާރާއެކު ސިފައިން އަސްކަރީ ތަމްރީނުތަކެއް އދ.މާމިގިލީގައި ބާއްވަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހަތިޔާރާއެކު ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް އދ މާމިގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ހަތިޔާރާއެކު ބާއްވާ މި ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ އާދިއްތަދުވަހު ކަމަށެވެ. މި ތަމްރީނުތައް މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެމްއެންޑީއެފުން ބުނީ ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވި ކަމުގައި ވީނަމަވެސް، އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުން ވާފަދަ ގޮތަކަށް ހަރަކާތްތެރި ނުވާނެ ކަމަށެވެ.
ހަތިޔާރާއެކު މީގެ ކުރިންވެސް އެމްއެންޑީއެފްގެ ތަމްރީނުތައް މީހުން ދިރިއުޅޭ ރަށްރަށުގައި ކުރިއަށް ގެންގޮސްފައި އެބަހުއްޓެވެ. ސިފައިންގެ ރަމްރީނުތައް އާއްމު ގޮތެއްގައި ކުރިއަށްގެންދަނީ އެކަމަށް ހާއްސަކޮށްފައިވާ ރަށްރަށުގައެވެ. އެގޮތުން ގިރިފުއްޓާއި މާފިލާ ފުއްޓަކީ ސިފައިންގެ ތަމްރީނުތަކުގައި ބޭނުންކުރާ ހާއްސަ ދެ ރަށްކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް