މާވަށުގައި މީހަކު މަރާލުން: ޒުވާނާގެ ހަށިގަނޑު މާލެ ގެންނަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ލ. މާވަށުގައި މިއަދު މަރާލި ޒުވާނާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ވަޅިން ހަމަލާދީ މަރާލާފައިވަނީ އެރަށު ނަލަހިޔާގޭ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެރަށު ވޮލީކޯޓް ކައިރީގައެވެ.
މޫސަގެ ހަށިގަނޑު މިހާރު ވަނީ މާވަށުން ފޮނަދޫއަށް ގެންގޮސްފަ އެވެ. އަދި މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެ އެވެ. އެކަމާއި ގުޅިގެން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ހަމަލާ ދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ފުލުހުންގެ ޓީމުން ހޯދާފައިވާ ކަމަށެވެ. އެ ވަޅި ހޯދާފައި ވަނީ މޫދުންނެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހީމެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް