އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް މުޙައްމަދު ޒާހިދު؛ ފޮޓޯ / ވޮއިސް
އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް މުޙައްމަދު ޒާހިދު؛ ފޮޓޯ / ވޮއިސް
ހަބަރު 24 Sep 2026 | 13:18

ޒާހިދުގެ ގޯތި އެހެން ފަރާތަކަށް ދިނުން ހުއްޓުވައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް މުޙައްމަދު ޒާހިދަށް ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ލިބުނު ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރި މައްސަލައާ ގުޅިގެން އެ ބިން އެހެން ފަރާތަކަށް ބަދަލުކުރުން މަނާކޮށް ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ޒާހިދު ހައުސިން ވުޒާރާއާ ދެކޮޅަށް ދަޢުވާ ހުށަހެޅީ ޝަރުޢީ ކޯޓެއް މެދުވެރިނުކޮށް ގޯތީގެ ރަޖިސްޓްރީ ބާޠިލުކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބުނެއެވެ. ހައުސިން ވުޒާރާއިން ރަޖިސްޓްރީ ބާޠިލުކުރީ ވަށާފާރު ރޭނުމުގެ ހުއްދައަށް ޒާހިދު އެދުމުން މިހާރުގެ އުސޫލާ އެއްގޮތަށް އަލުން ވެރިފިކޭޝަން ހެދިއިރު ގޯތި ލިބުމުގެ ޝަރުޠު ހަމަނުވާ ފަރާތެއްކަން ފާހަގަވުމުންނެވެ. އެ ގޯތި ބާޠިލުކޮށް ބިން ވިއްކުމަށް ވުޒާރާއިން ޢާންމުކޮށްފައިވާ ކަމަށް ވެސް ދަޢުވާގައި ބަޔާންކޮށްފައިވެއެވެ. ވިއްކުމުގެ މައްސަލަ ސިވިލް ރައިޓްސް އޮފީހަށް ހުށަހެޅުމާ ގުޅިގެން އެ އޮފީހުން ގޮތެއް ނިންމެންދެން ވުޒާރާއިން އެ ކަންތައް ފަސްކޮށްފައިވެއެވެ.

ދައުލަތުން ޝަރީޢަތުގައި ބުނެފައިވަނީ ޒާހިދު ދޮގު މަޢުލޫމާތު ހުށަހެޅި ކަމަށް ދައުލަތުން ނުބުނާ ކަމަށާއި ނަމަވެސް ރަށްވެހިކަމާ ގުޅޭ މައުޟޫޢީ ޙަޤީޤަތެއްގެ ސަބަބުން ގޯތި ލިބުމުގެ އަސާސީ ޝަރުޠު ހަމަނުވާ ކަމަށެވެ. ބިންވެރިޔާ ސްކީމުން ގޯތި ދޫކުރީ މާލެއަށް އުފަން ފަރާތްތަކަށް ކަމަށްވާއިރު ޒާހިދާއި އޭނާގެ މައިންބަފައިންނަކީ ވެސް އެ ޝަރުޠު ފުރިހަމަނުވާ ބައެއްކަން ސާފުކޮށް އެނގެން އޮތް ކަމަށް ދައުލަތުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ހުޅުމާލޭގެ އެ ބިމުގެ މައްޗަށް ޒާހިދުގެ އެއްވެސް ޙައްޤެއް ނުވަތަ މިލްކުވެރިކަމެއް ނެތް ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރު ނެރުމުގައި ބުރަވީ ޒާހިދަށް ގޯއްޗެއް އައްޔަންވެ ލިބިފައި އޮތް އޮތުމާއި ފަހުން ބާޠިލުކުރުމާ ގުޅޭ ގޮތުން ނިންމަންޖެހޭ ކަންކަން ހުރުމުން ވަގުތީ ފިޔަވަޅެއް އެޅުން ލާޒިމުވާ ޙާލަތެއް އޮތް ކަމަށެވެ. ކޯޓުގެ އަމުރުގައި ވުޒާރާއަށް އެންގީ ޒާހިދުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތް ބިން ވިއްކުމާއި ދިނުމާއި ތިންވަނަ ފަރާތެއްގެ ޙައްޤެއް އެ ބިމުގެ މައްޗަށް އުފެދިދާނެ ފަދަ ކޮންމެ ކަމެއް ކޯޓުން ގޮތެއް ނިންމެންދެން ނުކުރުމަށެވެ.

ޒާހިދުގެ އަސްލު ރަށަކީ ހއ. ހަތިފުށި ކަމުގައިވާއިރު އެ ރަށުގެ ރައްޔިތުން ފަހުން ހދ. ހަނިމާދުއަށް ބަދަލުކުރެވުނެވެ. ނަމަވެސް، މިހާރު ޒާހިދުގެ ރަޖިސްޓްރީ އޮތީ މާލޭ ދަފްތަރުގައެވެ. މި މައްސަލައިގެ މައުޟޫޢީ ބައި ސިވިލް ކޯޓުގައި ކުރިއަށް ދާނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި
02 Nov 2026 ހަބަރު

ފީވަކު ނަރުދަމާ މަރާމާތުކުރަން ސްޓެލްކޯއާ ހަވާލުކޮށްފި

މަޝްރޫއުގެ ޖުމްލަ އަގަކީ 3،822،120.00 (ތިން މިލިއަން އަށް ލައްކަ ބާވީސް ހާސް އެއްސަތޭކަ ވިހި ރުފިޔާ) ދިވެހި ރުފިޔާއެވެ. އަދި މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 60 ދުވަސް ތެރޭގައެވެ.

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި
02 Nov 2026 ހަބަރު

ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް ފަށައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ސާކް ސައިކިއޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް މާލޭގައި ރަސްމީކޮށް ފަށައިފިއެވެ.