ރައީސް މައުމޫންގެ ޢީދު ތަހުނިޔާ: ދެކަނބަލުންގެ ހިތްގައިމު ފޮޓޯފުޅެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މިއަދު ފާހަގަކުރަމުންދާ އަލްހާ އީދުގެ ތަހުނިޔާ ފޮނުއްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އާންމުކުރެއްވި ފޮޓޯފުޅަކަށް އާންމުންގެ ބޮޑު ސަމާލު ކަމެއް ލިބިއްޖެ އެވެ.
އީދުގެ ތަހުނިޔާ ފޮނުއްވަވާ ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ދެކަނބަލުންގެ ވަރަށް ހިތްގައިމު ފޮޓޯފުޅެއް ހިއްސާ ކުރައްވާފަ އެވެ. އެފަދަ އެހެން ފޮޓޯފުޅެއް ވެސް ކުރީން ނަންގަވާފައިވެ އެވެ. އާންމުންގެ ބޮޑު ސަމާލު ކަމެެއް އެ ފޮޓޯއަށް ލިބުނީ އެހެންވެ ކަމަށް ބެލެވެ އެވެ.
ރައީސް މަައުމޫންގެ އީދު ތަހުނިޔާގައި އީދުގެ ހެޔޮ އެދުންތައް އިސްލާމީ އުންމަތަށް އަރިސް ކުރައްވާފައިވެ އެވެ. އަދި މި އީދަކީ ހުރިހާ ގޮތަކުން ވެސް އުފާވެރި އީދެއް ކަމުގައި ވުމަށް އެދިވަޑައިގެންފައިވެ އެވެ.

މި ފޮޓޯއަށް އެތައް ސަތޭކަ ލައިކްސްއެއް ލިބިފައިވެ އެވެ. އަދި ރައީސް މައުމޫންގެ ދެކަނބަލުންނަށް ހެޔޮ އެދުމުގެ ޝުއޫރުތަކާއި އީދުގެ ތަހުނިޔާ ފޮނުވާ އެތައް ބަޔަކު ކޮމެންޓް ކޮށްފައިވެ އެވެ.
އެންމެންހެން މި ފޮޓޯގެ ރީތިކަން ފާހަގަ ކޮށްފައިވެ އެވެ.
ރައީސް މައުމޫންގެ ދެކަނބަލުންގެ ކައިވެނީގެ ފޮޓޯފުޅާއި އެނިވާސަރީ ފޮޓޯފުޅަކީ ވެސް ވަރަށް ބޮޑަށް ވައިރަލްވީ ފޮޓޯފުޅުތަކެކެވެ.

ރައީސް މައުމޫންނަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު ސިޔާސީ ލީޑަރެވެ. އެމަނިކުފާނު ވަނީ 30 އަހަރު ވެރިކަން ކުރައްވާފަ އެވެ.
ރާއްޖޭގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ވެސް އެމަނިކުފާނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް