ހީކުރީ ހަމަ ފަލަވީކަމަށް، އެކަމަކު 77 ޕައުންޑްގެ ޓިއުމަރެއް!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އެމެރިކާގެ ރައްޔިތަކު ބަނޑުގައި ގަދަޔަށް މަސްޖަހަން ފެށުމުން، ފަލަވީ ކަމަށް ހީކޮށް ޑޮކްޓަރަށް ދެއްކުމުން އޭނާގެ ބަނޑުން 77 ޕައުންޑްގެ ޓިއުމަރެއް ނަގައިފިއެވެ.
އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި 47 އަހަރުގެ ހެކްޓަރ ހެނާންޑޭޒްގެ ބަނޑުގައި ފުރަތަމަ މަސްޖަހަން ފެށުމުން، އޭނާ ހީކުރީ ހަމަ ފަލަވަނީކަމަށެވެ. ދުވަހަކު ރާ ނުބޯމީހަކު ބިޔަރު ބަނޑެއްލާން ފެށުމުން، އެކަން އައިބުވެ ގިނަބަޔަކު އޭނައާއި ސުވާލުކުރިއެވެ.
ނަމަވެސް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ، އޭނާ ދިރިއުޅެމުންދިޔަ އިރު، އެ ފަލަ ބަނޑު ދިޔައީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. މިކަމުގެ ސަބަބުން އެހެން މީހުންގެ ބަސްތަކާއި ވައްކަޅީގެ ބެލުންތައް ގިނަވާން ފެށުމުން ހެކްޓަރ ނިންމީ އެކަމުގައި ސިއްހީ ލަފާއެއް ހޯދާށެވެ.
މިގޮތުން ޑޮކްޓަރެއްގެ ގާތަށް ދިއުމުން، އެ ޑޮކްޓަރ ވަނީ އޭނާއަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ ކެންސަރެއް އޭނާގެ ބަނޑަށް ޖެހި، އެ ކެންސަރުން އޭނާގެ ބަނޑުގައި ޓިއުމަރެއް އުފެދިފައިވާކަން ބުނެފައެވެ. ނަމަވެސް ޑޮކްޓަރުންގެ ބުރަ މަސައްކަތުން، ހަ ގަޑިއިރުގެ އޮޕަރޭޝަނަށްފަހު، ހެކްޓަރގެ ބަނޑުންވަނީ ޓިއުމަރ ނަގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް