ކާރެއްގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ފާޠިމަތު އިނާ ސަވާދު
ކާރެއް ހުއްޓުވައި ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، އިރާސްމެކުގެ، އަލީ އާލިމާއި ގއ. ކޮލަމާފުށި، ނިވައިދަށުގެ، އަލީ ރަފާހް ރިޔާޒެވެ.
މި ދެމީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި ދެ މީހުންގެ ބަންދަށްވެސް ވަނީ 7 ދުވަސް ޖަހާފައެވެ.
މައްސަލައިގައި ދެ މީހުން ތިބި ކާރު ތެރެ ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ ބަނގުރާ ފުޅިއާއި ދަޅުތަކެއް ފެނިފައިވެ އެވެ.
މިދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަންވެސް އަމުރުގައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް