އެޗްއާރުސީއެމްގެ ރައީސާ ކަމަށް ރަމީލާ އައްޔަނު ކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސް ކަމަށް، ގ.އާބިން، ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރަމީލާ އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ ދަނޑުވެރިކަމާއި ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ، އައްޔަނު ކުރެއްވީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެކަމަނާގެ ނަން އެޗްއާރުސީއެމްގެ ރައީސާ ކަމަށް ފޮނުއްވީ މިިދިޔަ ހަފްތަގަ އެވެ. މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ.
ރަމީލާ އަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރެވެ. އެހެން ނަމަވެސް ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރަމީލާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް